Live 129,633 stories Updated Aug 24, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކޮކީ އިން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ އެއްޗެހި ފުޅާ ދާއިރާގައި ވިއްކާ، ކޮކީ ފިހާރައިން ޖޮއިކެޓް ބްރޭންޑުގެ އެޑިއުކޭޝަނަލް ކުޅޭ ސާމާނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮންކާކަފާ ދެކޮޅަށް ކެރީބިއަން ޔޫނިއަނުން އިންފަންޓީނޯއަށް ހޫނު މަރުހަބާއެއް

ޑޮމިނިކަން ރިޕްބްލިކްގައި ފެށި، ޔޫތު ފުޓްބޯޅަ މުބާރާތާ ކައިރި ވެސް ނުވާން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެންގިނަމަވެސް، އެ ގައުމުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހުއްދަ ނުނަގާ ފައިސާ މާރުކުރާ ހަތް ތަނަކުން 9 މަސް ދުވަސް ތެރޭ 77 މިލިއަން ޑޮލަރު މާރުކުރި

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި އެކަން ކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އަލިފާން ރޯވީ ދޫގަސްވިލާގައި، ޖެހިގެން ހުރި ގެއަށް ވެސް ގެއްލުންވެ 41 މީހަކަށް އެހީވަނީ

ގޭސްފުޅިއެއް ގޮވައި ރޭ ފަތިހު އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ މއ. ދޫގަސްވިލާގައި ކަމަށާއި ޖެހިގެން ހުރި އިމާރާތަށް ވެސް އެ ހާދިސާގައި ގެއްލުންވެ، 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ރުފިޔާގެ އަގު ހިފަހައްޓަން އޯޕަން މާކެޓް އޮޕަރޭޝަނުން ތިން ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ނަގައިފި

ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ހަނގުރާމައާ ހެދި ޓޫރިސްޓުން މަދުވިޔަސް ޓޫރިޒަމުން ލިބުނު ފައިސާ އިތުރު: އެމްއެމްއޭ

ރާއްޖެ އަށް ޓޫރިސްޓުން އައުން މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަށްވި ނަމަވެސް، އެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޭރު ފައިސާ އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ހާލަންޑް އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލައިފި

މެންޗެސްޓާ ސިޓީ އަދި ނޯވޭގެ މަޝްހޫރު ފޯވާޑް އާލިން ހާލަންޑް އޭނާގެ ސިގްނޭޗާ ދިގު އިސްތަށިގަނޑު ކުރުކޮށް، "ބަޒް ކަޓް"އަކަށް ބަދަލުކޮށްލުމާ އެކު ސޯޝަލް މީޑިއާގައި އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

Loading fresh headlines…