Live 128,355 stories Updated Jul 9, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސްވިޒަލެންޑުގެ ދަތުރު؛ ވޯލްޑް ކަޕްގެ ތާރީހުގައި ކުރި އެންމެ ދިިގު އިންތިޒާރު

ގާތްގަނޑަކަށް ގަރުނެއްގެ ހަތަރުބައިކުޅަ އެއްބައިގެ މުއްދަތެއް، ސްވިޒަލޭންޑުން ހޭދަކުރީ މި އިންތިޒާރަށެވެ. ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދިއުމަށް އެ ގައުމުން ކުރި 72 އަހަރުވީ އިންތިޒާރަކީ އެ މުބާރާތުގެ ތާރީހުގައި ގައުމަކުން ކުރި އެންމެ ދިގު އިންތިޒާރެވެ.

އެއް ވަގުތެއްގައި މާލޭގެ ތިން ތަނެއްގައި ރޯވެއްޖެ

މާލޭ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެޓެންޑުވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އިން ޣައްޒާގެ އާންމުން ވަކި ސަރަހައްދަކަށް ލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ޣައްޒާގެ ދެކުނުގައިވާ ރަފަހްގައި، ފަލަސްތީނުގެ އެތައް ހާސް އާންމުންނަށް ހާއްސަކޮށްގެން "އިންސާނީ އެހީގެ ސަރަހައްދެއް" ހެދުމަށް ޕައިލެޓް ޕްރޮޖެކްޓެއް ރާވަމުންދާ ކަމަށް އެ ބޯޑުގެ އޮފިޝަލަކު ބުނެފި އެވެ.

ނޭޓޯ ސަމިޓުގައި ކޮންމެ ލީޑަރަކަށް އުރުދުޣާންގެ ހަދިޔާއަކަށް ފިސްތޯލައެއް

ތުރުކީގެ އަންކާރާގައި ނިމުނު ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ލީޑަރަކަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ފިސްތޯލައެއް ހަދިޔާ ކުރައްވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ހޯރަފުށިން ގަވާއިދާ ހިލާފަށް ބިމެއް ދިން މައްސަލާގައި ކުރީގެ މެމްބަރުންނަށް ދައުވާ ކޮށްދޭން ފޮނުވައިފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ގަވާއިދާ ހިލާފަށް ބިމެއް ދިން މައްސަލާގައި ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ މެމްބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރި ނުވެވުނު ސަބަބު ހާމަކޮށްފި

އީރާންގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

Loading fresh headlines…