Live 128,358 stories Updated Jul 7, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގަވާއިދަށް ބަދަލެއް؛ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަގާމުތައް ކަނޑައަޅައި ވަޒީފާ ފަހިކޮށްދޭންޖެހޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަގާމުތައް ކަނޑައަޅައި އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

"ދަ އޮޑިސީ"އަކީ ކްރިސްޓޮފާ ނޯލަންގެ އެންމެ މޮޅު ފިލްމު: ކްރިޓިކްސް

ހޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ"ގެ ވޯލްޑް ޕްރިމިއާ އިނގިރޭސިވިލާތުގެ ލަންޑަނުގައި މިއަދު ބާއްވާފައިވާއިރު، އެ ފިލްމު ބެލި ފިލްމު ކްރިޓިކުންގެ ފަރާތުން ފިލްމަށް އާދަޔާ ހިލާފު ތަރުހީބެއް ލިބިއްޖެ އެވެ.

މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރަން ކުޑޫގެ ވެބްސައިޓެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

މިހާރު ވެސް 400 އަށްވުރެ ގިނަ ދަރިވަރުންނަށް ސްކޫލްގައި ނާސްތާ ދޭ: މިނިސްޓަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމުގައި ނާސްތާ ދޭ ދަރިވަރުންގެ އަދަދު މިހާރު ހުރީ 400 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅަން ޕްރިންސިޕަލުންނަށް ވާނީ އަންގާފައި: މިނިސްޓަރު

ސްކޫލަށް ނުދާ ދަރިވަރުން ގިނަވެ، ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާގުން ދޭ ދެ ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހުކުރު ދުވަހު ހޮވަނީ

ދިރާގުން މިދިޔަ އަހަރު ފެށި 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވަން ބާއްވާ ހާއްސަ ހަރަކާތް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.

އީޔޫ އާއި ބެލްޖިއަމްގައި ހުންނަވާ ސަފީރަކަށް ދިނާޔާ އައްޔަންކުރަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

Loading fresh headlines…