Live 128,362 stories Updated Jul 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޑޮލަރު އިންވެސްޓްމަންޓަށް ތަރުހީބު ރަނގަޅު، ޑެއިލީ ލިމިޓް އިތުރުވަނީ އެހެންވެ: ޝަރީފު

ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި "އިންވެސްޓްމެންޓް" ޕޯޓަލް އަށް ތަރުހީބު ރަނގަޅު ކަމަށާއި، ކޮންމެ ދުވަހެއްގެ ލިމިޓް މިހާރު އިތުރުވަނީ، އެ ލިބޭ ޑޮލަރުގެ އަދަދަށް ބަލާފައި ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލުން މިމަހު ޓެސްޓުކުރަނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފައިސާގެ މުއާމަލާތްތައް ކުރަން ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުން ޓެސްޓުކުރަން މިމަހު ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ޑްރަގް ގެނައި މީހުންނަށް ޓިކެޓް ގަނެދިން މީހާ ބުނީ އެކަން ކުރީ މީހަކު ބުނެގެން، ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް

ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި ޑްރަގް ގެނައި މީހުންނަށް ޓިކެޓް ގަނެދިނީ މީހަކު ބުނެގެން ކަމަށާއި އެކަން ކުރީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ވެސް ބޭނުންވެގެން ކަމަށް، ޓިކެޓު ގަނެދިން މީހާ ބުނެފި އެވެ.

ފުޓްބޯޅަ ލާމަރުކަޒުކުރަން ރީޖަނަލް އެސޯސިއޭޝަން އުފައްދަން އެފްއޭއެމުން ނިންމައިފި

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކެއް އުފައްދައި، އެ ކުޅިވަރު ހިންގުން ލާމަރުކަޒުކުރަން އެފްއޭއެމުން ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

މަރުގެ ތުހުމަތުވާ ލަންކާ މީހާ ރާއްޖޭގައި ވަޒީފާ އަދާކުރި، މިފަހަރު ހިފެހެއްޓީ ރާއްޖެ އެތެރެނުވަނީސް

ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ އަކީ ރާއްޖޭގައި ކުރިން ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ މިފަހަރު ހިފެހެއްޓީ ރާއްޖެއަށް އެތެރެވުމުގެ ކުރިންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

40 އަހަރަށް ފަހު އިނގިރޭސީން އެޒްޓެކް ސްޓޭޑިއަމަށް: އޮތީ އުނދަގޫ ހާލަތެއް

ވޯލްޑް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި މިރޭ މެކްސިކޯއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު އެ ޓީމަށް އޮތީ އުނދަގޫ ހާލަތަކެވެ. މެޗު ކުޅޭ ސްޓޭޑިއަމާއި، މެޗު އޮންނަ މެކްސިކޯ ސިޓީގެ މާހައުލު އޮތީ އިނގިރޭސީންނަށް ފަހިވާ ގޮތަކަށް ނޫނެވެ.

ހިމަބިހީގެ 72 ކޭސްގައި ހިމެނެނީ ހަތަރު ކުޑަކުދިން، ދެން އުޅެނީ 15-35 އަހަރުގެ މީހުން

ރާއްޖޭގައި މިހާރު ފެތުރެމުންދަ ހިމަބިހި (މީސްލްސް) އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށް ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް ސީއީއޯގެ އިންޓަވިއު: ޑޮލަރާ ގުޅޭ ހުރިހާ ވާހަކައެއް!

މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދިވެހިން އެންމެ ގިނައިން ދައުރުކުރާ އެކައްޗަކަށް ވާނީ، އީކޮމާސް ޕޭމަންޓެއް ހަދަން އުޅެނިކޮށް، ބީއެމްއެލްގެ ޑެއިލީ ލިމިޓާ ހެދި އެކަން ވާން ނެތިގެން ފޮނުވާ ނޮޓިފިކޭޝަންގެ ސްކްރީންޝޮޓްތަކެވެ. އެތައް ބައެއްގެ ހުއްޓުމެއް ނެތް މި ޝަކުވާއާ އެކު، އަސްލު މިއީ ކިިހިނެއް ވެގެން …

ހޮލީވުޑްގެ ވަރުގަދަ ފިލްމުތަކެއް މި މަހު ސިނަމާއަށް

މި ހިނގާ ޖުލައި މަހަކީ ދުނިޔޭގެ ބޮކްސް އޮފީހަށް ވެސް ފޯރިގަދަ، ބޮޑެތި ފިލްމުތަކެއް ރިލީޒްކުރާނެ ތާރީޚީ މަހެކެވެ. ހޮލީވުޑްގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންނާއި މަޝްހޫރު ތަރިންގެ ފިލްމުތައް މި މަހު ސިނަމާތަކަށް އަންނާނެ އެވެ.

އާލިއާގެ "އަލްފާ"އަށް ރަނގަޅު ފެށުމަކާ އެކު ފާޑުކިޔުންތައް

ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ މަޝްހޫރު "ސްޕައި ޔުނިވާސް"ގެ އެންމެ ފަހުގެ ފިލްމު "އަލްފާ" ސިނަމާތަކަށް އައުމާ އެކު، ބޮލީވުޑްގައި ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. އާލިއާ ބަޓް އާއި ޝަރްވަރީ ލީޑް ރޯލުން ފެންނަ މި ފިލްމަކީ މި ފްރެންޗައިޒްގެ ފުރަތަމަ އަންހެން ޖާސޫސުން ފެންނަ ފިލްމެވެ.

Loading fresh headlines…