Live 128,362 stories Updated Jul 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިއަން ޑޮލަރު ލިބުނު

މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން އެނގިއްޖެ އެވެ.

ގެއްލުނު ކަމަށް ބުނި ފިރިމީހާ އޮތީ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި

އިންޑިއާގައި އަންހެނަކު އޭނާގެ ފިރިމީހާ ގެއްލިގެން ކަމަށް ބުނެ ރިޕޯޓްކުރިތާ ދެ މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް، އަނބިމީހާ ވަނީ ފިރިމީހާ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައިކަން އެނގިއްޖެ އެވެ.

ފައިނޭންޝަލް ފޯރަމުން ފެނުނު ތަސައްވުރު: މި ދަނީ "އިންޒިވިބަލް ޕޭމަންޓް" އަށް

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓަކު، އޭނާ ދާން ނިންމި ރިސޯޓަށް ދިއުމަށް ބޭނުންވާ ސީޕްލޭން ދަތުރާއި ސްޕީޑް ބޯޓު ދަތުރާއި އެކްސްކާޝަންތަކަށް ކުރާ ހޭދައިގެ ޕޭމަންޓްތައް އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް (އޭޕީއައި) އެއް މެދުވެރިކޮށް އެއްފަހަރާ ދައްކާލެވުމަކީ ކިހާ ބޮޑު ފަސޭހައަކަށްވާނެ ހެއްޔެ…

ބީއެމްއެލް އިން ވިޔަފާރިތަކަށް "އެޑްވާންސް މާޗެންޓް ސެޓްލްމެންޓް" ހިދުމަތް ހޯދަން އިތުރު ފަސޭހަތަކެއް

ބީއެމްއެލް ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ހިދުމަތް ހޯދުމަށް ލުއި ފަސޭހަ އިތުރު ގޮތްތަކެއް ތައާރަފްކޮށްފި އެވެ.

ހޯޕް އައިލެންޑަކީ ކުށްކުރާ ކުދިން މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު: ރައީސް

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ "ހޯޕް އައިލެންޑް"އަކީ މި މުޖުތަމައުގައި އުޅޭ ކުށްކުރާ ކުދިންގެ އަދަދު މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓުގެ ބަފަ ޓައިމެއް ދީފި

ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިއްޔެ އިސްލާހުކޮށްފި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

މެދުމިނަށް ވުރެ މަތިން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައަށް ލަންކާ އަލުން ބަދަލުކޮށްފި

ސްރީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދު ބަނގުރޫޓުވުމުގެ ކާރިސާއަށް ފަހު ހޯދަމުންދާ ކުރިއެރުންތަކާ އެކު، ވޯލްޑް ބޭންކުން އެ ގައުމުގެ އިގްތިސާދީ ދަރަޖަ "އަޕަ-މިޑްލް-އިންކަމް" ނުވަތަ މެދުމިންވަރަށްވުރެ މަތިން އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި އަލުން ކަނޑައަޅައިފި އެވެ.

Loading fresh headlines…