Live 128,362 stories Updated Jul 2, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފައިނޭންޝަލް އެކްސްޕޯގައި ޕޭޕަލް އެކައުންޓް ލިންކު ކޮށްދިނުމުގެ ހިދުމަތް އުރީދޫން ދެނީ

މިއަދު ފެށި ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ސްޓޯލުން އެ ކުންފުނީގެ ޑިޖިޓަލް މާލީ ނިޒާމު ދައްކާލާއި އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިންޑިއާގެ ދެ ޑޭކެއާއެއްގައި ކުދިންނަށް ބޮޑެތި އަނިޔާދީ އިހުމާލުވި ސީރިއަސް މައްސަލަތަކެއް ފަޅާއަރައިފި

އިންޑިއާގެ ދެ ސަރަހައްދެއްގައި ހިންގާ، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކެއްގައި ޑޭކެއާ ދެ ސެންޓަރެއްގައި ތުއްތު ކުދިންނަށް ބޮޑެތި އަނިޔާކޮށް އިހުމާލުވި ދެ ހާދިސާއެއް ފަޅާއަރައިފި އެވެ.

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލަން ދެ މީހަކަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، މި އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް، ސިންގަޕޫރު ގްރޭންޑް ޕްރީ ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް…

ޓްރަމްޕަށް އެވޯޑް ދިން މައްސަލަ؛ އީޔޫގެ ޕާލިމަންޓް މެންބަރުން ވެސް އިންފަންޓީނޯއާ ދެކޮޅަށް

ޔޫރަޕިއަން ޔޫނިއަންގެ ޕާލިމަންޓްގެ 50 މެންބަރަކު އިސްވެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ހުށަހަޅާފައިވާ ޑިސިޕްލިނަރީ މައްސަލަ ބެލުމަށް އެދި ފީފާއަށް ސިޓީއެއް ފޮނުވައިފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމުގެ ދުސްތޫރީ މައްސަލަ ބަލައިގަންނަން އަންގައިފި

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދެވަނަ ފަހަރަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުން ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރައިފި

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްތަކާއި އެނޫން ވެސް ގޮތްގޮތަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

Loading fresh headlines…