Live 129,638 stories Updated Aug 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގައުމީ ލޯތްބަކީ މަރާލެވޭނެ އެއްޗެއް ނޫންކަން ތާރީހުން ސާބިތުކޮށްދޭ: ކަށިމާ ޝާކިރު

ގައުމީ ލޯތްބަކީ މަރާލެވޭނެ އެއްޗެއް ނޫންކަން ގައުމީ ބަތޮލުން ސާބިތުކޮށްދީފައިވާ ކަމަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު ލިބިވަޑައިގެންނެވި ދިވެހި ތާރީހުގެ އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ އަޒުމަކަށް ހަދަންވީ ތަހުޒީބީ ސިފަތަކާއި އިހުތިރާމް އަށަގެންނެވުން: ރައީސް

ގައުމީ ދުވަހު އަޒުމު ކަނޑައަޅަންވީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމަށް ކަމަށާއި އެގޮތުން އެކަކު އަނެކަކަށް ގަދަރުކުރާ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހުރިހާ މާނައެއްގައި އިހުތިރާމް އަދާކުރާ އެއް ބައެއްކަމުގެ އިހުސާސް ދިވެހި އުންމަތުގައި ދިރުވުމުގެ އަޒުމު އާކުރަންޖެހޭ ކަމ…

އިސްލާމީ އިންތަކާ ފުށުއަރާ ގާނޫނު ނުހެދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރާނަން: ރައީސް

ދިވެހިރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ހުންނަންވާނެކަން ކަށަވަރުކުރެވޭނެ ހަރުދަނާ، ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ …

އަބްރަހަމް ލިންކަން މަނަވަރުގެ ފަޅުވެރިން ކަނޑަށް ބަލިވެ ދަތުރު ނިންމާލަނީ

އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" ގެ ފަޅުވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމާ ކުރިމަތިވެ އުފެދިފައިވާ ނުތަނަވަސްކަމާ އެކު އެ މަނަވަރުގެ ދަތުރު ނިންމާލުމ…

ގެއްލުނު އޮފިސަރުގެ އާއިލާއާ ހޯމް މިނިސްޓަރާއި ކޮމިޝަނަރު ބައްދަލު ކުރައްވައިފި

ދޯންޏެއް އަޑިއަށް ދަނިކޮށް އެ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލިފައިވާ، ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ އާއިލާއާ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައި، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ އިއުލާން ކުރައްވައި، އަދި ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި އެވެ.

Loading fresh headlines…