Live 129,638 stories Updated Aug 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު ކުރީގެ ރައީސް އިބޫ ގާތްބޭފުޅުންނާ މަޝްވަރާ ކުރައްވަނީ

އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަރިސް ބޭފުޅުންގެ އިތުރުން އެ ޕްރައިމަރީގައި ވާދަކުަރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަޝްވަރާތައް ފަށްޓަވައިފި…

ނޭވާލާނެ ވަގުތެއް ނެތް، މާޒިޔާއަށް ދެން އޮތީ ބޮޑު ދެ ހަނގުރާމައެއް

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގެ ވަރުގަދަ މެޗަށް ފަހު، މާޒިޔާގެ ކުރިމަތީގައި އަނެއްކާވެސް ވަރުގަދަ ދެ މެޗު އޮތުމުން، ނޭވާލާނެ ވަގުތެއް ނެތް ކަމަށް ކޯޗު ޓޯމާޝް ޓްރޫހާ ބުނެފި އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައިފި

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށް، އެ ބޭފުޅުން މަގާމުގެ ހުވާކުރައްވައިފި އެވެ.

ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ބޭނުންކުރަން ފަށާނެ ތާރީހެއް ދޭން ކުޑޫ އެދިވަޑައިގެންފި

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުން ނުކުރާތީ އިސްރާފަކަށް ވެފައިވާ ކަމަށް ވިދާޅުވެ، އެ ސިސްޓަމްތައް ބޭނުންކުރަން ފަށާނެ ތާރީހަކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވަން މަސައްކަތް ފަށަނީ

އާންމު ތަންތަނުގައި މީހުންނަށް އުނދަގޫވާ ގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

Loading fresh headlines…