Live 129,638 stories Updated Aug 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މޯލްޑިވިއަނުން ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓު ގެންނަން އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ޓްވިން އޮޓަގެ ދެ މަތިންދާބޯޓު ގެންނަން ކެނެޑާގެ ޑި ހެވިލަންޑް އެއާކްރާފްޓް ލިމިޑެޓާ އެކު އިއްޔެ ސޮއިކޮށްފި އެވެ.

ހިއްސާދާރުންގެ ރެޒިޑެންސީ ރަނގަޅުތޯ ޔަގީންކުރަން ދިރާގުން އެދެފި

ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް، ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި ހިއްސާދާރުންގެ "ޓެކްސް ރެޒިޑެންސީ ސްޓޭޓަސް" (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށް ފަހު، އެ މައުލޫމާތު އަޕްޑޭޓްކުރަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އޮފީހެއްގެ އުފެއްދުންތެރިކަން ރަނގަޅުވާނީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ހުއްޓާލައިގެން: ސާޖިދާ

އޮފީހެއް ނުވަތަ އިދާރާއެއްގެ އުފެއްދުންތެރިކަން ރަނގަޅު ކުރެވޭނީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ހުއްޓާލައި، ހަމަހަމަ އުސޫލަކުން މަސައްކަތްތައް ބައްޓަންކޮށްގެންކަން ދިރާސާތަކުން ކަށަވަރުވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާނަ ހުރި ވަޒީފާތަކާއި ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ފުނައްޑޫ ޑިސެމްބަރުގައި ހުޅުވަނީ

އަމިއްލަ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ލޯނެއް ނުދައްކާތީ ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފައި ވަނިކޮށް، ސަރުކާރުން ގަނެފައިވާ ފުނައްޑޫ މަސްފެކްޓްރީ އަމިއްލަ ބަޔަކާ ހަވާލުކޮށް، މަރާމާތުކޮށްގެން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް…

ދިވެހި ބަހުން ވާހަކަ ދައްކަން ދަރިވަރުން ޖެހިލުންވުމަކީ ވިސްނަން ޖެހިފައި އޮތް ކަމެއް: މިނިސްޓަރު

މި ޖީލުގެ ބައެއް ދަރިވަރުން ދިވެހި ބަހުން ވާހަކަ ދައްކަން އުނދަގޫވެ، ފަސްޖެހޭ ތަން ފެންނަ ކަމަށާއި މިއީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…