Live 129,638 stories Updated Aug 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދަތުރަށް ބުރޫއަރައި މެޗު ލަސްވިޔަސް ބަހަނާއެއް ނެތް، ރަނގަޅަށް ތައްޔާރުވިއްޔާ ކާމިޔާބު ލިބޭނެ

މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖެ އައުމުގެ ދަތުރުގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެއީ ބަހަނާއަކަށް ހަދަން ބޭނުން ނުވާ ކަމަށް ރެގާ ޓަޑްއޭޒްގެ ކޯޗު އަލިޝާ ޓްހްޓާއެވް ބުނެފި އެވެ.

ޔޫކޭ އިން ޓެރިފް ކަނޑާލުމުން، މަސްގަތުމުގެ ވާދަވެރި ބާޒާރެއް މިހާރު އުފެއްދިއްޖެ: ޝިޔާމް

އިނގިރޭސި ވިލާތަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމާ އެކު، ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މާޒިޔާ ބޮޑު މެޗަކަށް: ޓްރުހާގެ ކަންބޮޑުވުމަކީ ޓީމާ އެކު ލިބުނު ވަގުތު ކުޑަވުން

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މެޗަށް ނުކުންނަ އިރު އެންމެ ބޮޑު ކަންބޮޑުމަކީ އޭނާ އަށް ޓީމާ އެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު ކުޑަވުން ކަމަށް މާޒިޔާގެ އާ ކޯޗު ޓޮމާޝް ޓްރުހާ ބުނެފި އެވެ.

އިޒްރޭލުގެ ޖާސޫސުން އީރާންގެ ފޯޑޯ ނިއުކްލިއާ ސައިޓަށް އެތައް ފަހަރަކު ވަން: މޮސާޑުގެ ކުރީގެ ވެރިޔާ

އީރާނުގެ ފޯޑޯ ނިއުކްލިއާ ސައިޓު އިތުރަށް ދެނެގަތުމަށްޓަކައި އިޒްރޭލުގެ ޖާސޫސުން އެތަނަށް "އެތައް ފަހަރަކު ވަން" ކަމަށް ޖާސޫސީ އިދާރާ، މޮސާޑުގެ ކުރީގެ ވެރިޔާ އަންގާރަ ދުވަހު ބުނެފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

ޓްރަމްޕުގެ އާ ހަމަލާއެއް: ޑިމޮކްރޭޓުންނަކީ "ޖިހާދިސްޓުން"

އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރޭ އިންތިހާބާ ދިމާކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ހަމަލާދެއްވުމަށް، ނުރައްކާތެރި އާ ބަސްމަގެއް ބޭނުންކުރައްވަން ފައްޓަވައިފި އެވެ.

އެއާ އިންޑިއާގެ ޕައިލެޓް ހުރީ ކެނަބިސް ބޭނުންކޮށް މަސްތުވެގެން: ރިޕޯޓް

ތައިލެންޑުގެ ފުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރަނިކޮށް ކުއްލިއަކަށް ތިރިވެ، ފަސިންޖަރުންނަށް އަނިޔާވި އެއާ އިންޑިއާ ފްލައިޓް 'ޕައިލެޓް އިން ކޮމާންޑް' ދެ ވަނަ ޑޯޕް ޓެސްޓުން ވެސް ފެއިލްވެފައިވާ ކަމަށާއި އޭނާ އިނީ ކެނަބިސް ބޭނުންކޮށްގެން ކަމަށް އެކި މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ބުނެފި…

މިފްކޯ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

Loading fresh headlines…