Live 128,364 stories Updated Jun 28, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލަންކާގައި ކޮންމެ ދުވަހަކު ޑެންގީގެ 600-700 ކޭސް

ސްރީ ލަންކާގައި މިހާރު ކޮންމެ ދުވަހަކު ޑެންގީ ހުމުގެ 600-700 ކޭސް ރިޕޯޓްކުރަމުންދާ ކަމަށާއި މި އަހަރުގެ ޑެންގީ ޖެހުނު މީހުންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ނެޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.

ފެހުރިހި އުޅޭ "ސަމްޕާ" ސަރަހައްދަށް ވަންނަ އުޅަނދުތަކުގައި ޕްރޮޕެލާ ގާޑު އަޅުވަން އިތުރު މުއްދަތެއް

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި މި މަހުގެ ނިޔަލަށް "ޕްރޮޕެލާ ގާޑު" ހަރުކުރުމަށް ދީފައިވާ މުއްދަތަށް ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތެއް ދީފި އެވެ.

ރާ ބޮއެ މަސްތުވެގެން ގެއެއްގެ ތެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ 1 ގައި ހުންނަ ގެއެއްގެ ތެރޭ މިއަދު ހެނދުނު އަޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ސްޕެއިން އާއެކު ކޭޕް ވާޑޭ މެޗަކުން ބަލި ނުވެ ދެވަނަ ބުރަށް، އުރުގުއޭ ކަޓައިފި

ހިއުސްޓަން (ޖޫން 27) - ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް އެއްވަރު ކޮށްގެން ގުރޫޕް އެޗްގެ ދެވަނަ ޔަގީންކޮށް، ކޭޕް ވާޑޭއިން ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަގީއެއްގައި ހަންޏާމީދޫގައި ފަޅުތެރެއަށް ވެއްޓި ނިޔާވެއްޖެ

އދ. ހަންޏާމީދޫގައި، ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަގީއަކަށް އަރައި ދުއްވަން އުޅެނިކޮށް ކޮންޓްރޯލު ނުވެ ގޮސް ފަޅުތެރެއަށް ވެއްޓި އިއްޔެ ނިޔާވެއްޖެ އެވެ.

މީޑިއާގެ ގޮންޖެހުންތަކާއި އިސްލާމީ ސަގާފީ އައިޑެންޓިޓީ

އިންސާނުން މިއަދު ތަޖުރިބާ ކުރަމުން މިދަނީ ޖޯގުރަފީގެ ހުރަހެއް ނެތި، ހަލުވިކަމާ އެކު ފެތުރިގެންދާ މައުލޫމާތު އެކި ސިފައިގައި ލިބިގަތުމަށް ސުމޭކު އާލާތްތަކުގެ އިސްކްރީންތަކުގެ ފަހަތުގައި މީހުން ގިނަ ވަގުތުތައް ހޭދަކުރަމުންދާޒަ މާނެކެވެ.

ޑެމްބެލޭގެ ހެޓްރިކުން ފްރާންސަށް އެއްވަނަ، ސެނެގާލް އުންމީދުގައި

ބޮސްޓޮން (ޖޫން 27) - މެޗުގެ 32 މިނިޓު ތެރޭ، އުސްމާން ޑެމްބެލޭ ކާމިޔާބު ކުރި ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ހެޓްރިކާ އެކު 4-1 އިން ނޯވޭ ބަލި ކޮށް ފްރާންސް ގްރޫޕްގެ އެއްވަނަ ހޯދައިފި އެވެ.

ފުރައްސާރަ ކުރިޔަސް ނުހުއްޓުވޭނެ، ހާލަތު ގޯސްވީ އަޅާނުލުމުން: ފިޒާނާ

މަލާމާތާއި ފުރައްސާރަ ކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި މިއަދު ފެންނަން އޮތް ހާލަތަކީ ވަޒީފާގެ ބިރަށް ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބުމުގެ ނަތީޖާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑު ފައްޅިއަށް ހަދިޔާކުރާ ފައިސާއިން ވައްކަންކުރި މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ އުއްތަރް ޕްރެދޭޝްގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ ޒަމާންވީ ބާބްރީ މިސްކިތް ތަޅާލުމަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންދޫންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ރަމްޒެއްގެ ގޮތުގައި ހެދި ބޮޑު ފައްޅީގައި ހިންގި ވައްކަމުގެ ތުހުމަތަށް އަށް މީހަކު ހައްޔަރުކޮށްފި އެވެ.

Loading fresh headlines…