Live 128,364 stories Updated Jun 26, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އޮފް ސީޒަނާ ދިމާކޮށް އެމްއެމްއޭ އިން ބޭންކްތަކަށް 25 ޕަސެންޓް އިތުރަށް ޑޮލަރު ދޫކުރަނީ

ޑޮލަރު ލިބުން މަދު ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ޑޮލަރު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބޭންކްތަކަށް އިތުރަށް 25 ޕަސެންޓް ޑޮލަރު ދޫކުރަން މަރުކަޒީ ބޭންކުން ނިންމައިފި އެވެ.

ވަރިވުމަށް ފަހު އަނބިމީހާ ކުރި ހަރަދު ދޭން ޖެހުނު މައްސަލަ: ކޯޓުން ކަނޑައެޅީ ފަސް ލައްކަ ރުފިޔާ ދޭން

ކައިވެނިމަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލައިގައި އަނބިމީހާ އަށް ފަސް ލައްކަ ރުފިޔާ ދޭން ފިރިމީހާގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފި އ…

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރަން މިސްރާއި އިރާނުން އެދުނު އެދުން ފީފާއިން ބޮލާލައިޖަހައިފި

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އެއްވެސް ހަރަކާތެއް ނުވަތަ ރަމްޒެއް ވޯލްޑް ކަޕްގައި މިސްރާއި އިރާން ބައްދަލުކުރާ މެޗާ ދިމާކޮށް ސްޓޭޑިއަމްގައި ބޭނުންކުރުން ހުއްޓުވުމަށް އެ ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ހުށަހެޅި ހުށަހެޅުން ފީފާއިން ބޮލާލައިޖަހައިފި އެވެ.

ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ބީއެމްއެލްއިން ވީލްޗެއާ ހަދިޔާކޮށްފި

ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި އެވެ.

ގޯއްޗެއް، ފްލެޓެއް ހުރި ނަމަ ރަށްވެއްސަަކަށް ވެވޭ ގޮތް ހަދަން ބިލެއް ހުށަހަޅައިފި

ރަށަކުން ބިމެއް ނުވަތަ ދިރިއުޅޭނެ އެހެން ތަނެއް މިލްކުވެފައިވާ މީހުންނާއި އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ އެ ރަށެއްގެ ރަށްވެއްސަކަށް ވެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ބިލެއް ހު…

Loading fresh headlines…