Live 129,648 stories Updated Aug 10, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަނީ

ގދ. ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރަން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ފަލާހު ވިދާޅުވީ ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރުން ނޫން ކަމަށް

ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް، މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ސަރުކާރަށް ނެގޭ ގޮތަށް ލާމާރުކަޒީ ގާނޫނު ބަދަލުކުރަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގް…

ޝިފާއުގެ 109 އަހަރުގެ ޖަލު ހުކުމް ފަސްކޮށްދެވޭކަށް ނެތް: ހައި ކޯޓް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކެއް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކަށް ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

މެމްބަރުންގެ އިންޝުއަރެންސާ ބެހޭ ކޮމެޓީ ސިއްރު، މެމްބަރުންގެ ފާޑުކިޔުން ނޫސްވެރިންނަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ލިބުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކޮމެޓީގައި ދެއްކި ވާހަކަތައް ނޫސްވެރިން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ އާއްމު ކޮޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ދޯނިން ގެއްލުނު މީހުން ފެނޭތޯ 9،482 އަކަމޭލުގެ ސަރަހައްދެއް ބަލައިފި

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މިދިޔަ ހަފްތާގައި ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

ސްކޭމްގެ 3،000 މައްސަލަ: 35 މިލިއަން ރުފިޔާ ގެއްލުނުއިރު ހޯދުނީ 13 މިލިއަން

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަަމަށާއި އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 35 މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރެއިން ހޯދުނީ އެންމެ 13 މިލިއަން ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސައުދީ، ޕާކިސްތާން އަދި ތުރުކީގެ ދިފާއީ އެއްބަސްވުމަކީ އެމެރިކާއަށް އިތުބާރު ކުޑަވާކަމުގެ ހެއްކެއް: އީރާން

ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި ދިފާއީ އެއްބަސްވުން ކަމަށްވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" އަކީ ބޭރުގެ ބާރުތަކަށް، ހާއްސަކޮށް އެމެރިކާއަށް އޮތް އިތުބާރު ކުޑަވެ، ސަރަހައްދީ ގައުމުތަކުގެ ވިސްނުން ބަދަލުވަމުންދާކަމުގެ ހެއްކެއް ކަމަށް އީރާނުން ބުނެފި އެވެ.

ފްރާންސްގައި ވަގަށްނެގި 300،000 ޑޮލަރުގެ ގަޑިއެއް ހޯދައިފި

ފްރާންސްގެ ސެން-ޓްރޯޕޭގެ ރިޒޯޓް ސަރަހައްދުން ބްރެޒިލްގެ ޓޫރިސްޓެއްގެ އަތުން ވަގަށް ނެގި 300,000 ޑޮލަރު (ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ) ގެ އަގުހުރި ލަގްޒަރީ ގަޑިއެއް ހޯދައި ސްޕެއިންގެ ހަތަރު މީހަކު އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ.

Loading fresh headlines…