Live 129,652 stories Updated Aug 10, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސިއްހީ މަޝްރޫއުތައް ހަވާލުކުރި ގޮތުން 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިސްރާފުވި: ގީލާ

ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ނުހިންގި، އެެއްބަސްވުންތައް ބާތިލުކުރަން ޖެހުމުން 60 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިސްރާފު ވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވ…

ފާގަސަންއަށް ފަހު ޔުނައިޓެޑަށް ދާން މޮރީނިއޯ އެއްބަސްވި، ފޯނުން ގުޅައި ރޮއެރޮއެފައި ނިންމުން ބަދަލުކުރީ!

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗު އެލެކްސް ފާގަސަން 2013 ގައި ރިޓަޔާ ކުރުމުން، އެ މަގާމާ ހަވާލުވާން ހޯޒޭ މޮރީނިއޯ އެއްބަސްވި ކަމަށް އޭނާ ބުނެފި އެވެ.

ގޭމް އޮފް ތުރޯންސްގެ ފުރަތަމަ ފިލްމަކީ "އޭގޮންސް ކޮންކުއެސްޓް"

އެޗްބީއޯގެ ފްރެންޗައިޒް "ގޭމް އޮފް ތުރޯންސް"ގެ ފުރަތަމަ ފިލްމު "ގޭމް އޮފް ތުރޯންސް: އޭގޮންސް ކޮންކުއެސްޓް" ރިލީޒްކުރާނެ ދުވަހަކާ ގުޅޭ ގޮތުން ވޯނާ ބްރަދާސް އިން އެންމެ ފަހުގެ މައުލޫމާތު އާންމުކޮށްފި އެވެ.

ސޯނޫގެ ސާޖަރީ ހެދިއިރު އޮތީ މުހައްމަދު ރަފީގެ ލަވައެއް ކިޔަން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އޮޕަރޭޝަން ތިއޭޓަރުގައި އޮވެގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ ލަވައެއް ކިޔާ ވީޑިއޯއެއް އާންމުވުމާ އެކު ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުމުން އެކަމާ ގުޅޭ ތަފްސީލު އޭނާ ހާމަކޮށްފި އެވެ.

ވޯލްޑް ކަޕްތެރޭގައި އަމިއްލަ ޖާނު ގޮއްވާލައިގެން މެސީ މަރާލަން މީހަކު އުޅުނު: ފުލުހުންގެ ލީކުވި ރިޕޯޓް

މިދިޔަ މަހު ނިމިގެން ދިޔަ ވޯލްޑް ކަޕްގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މަރާލަން ރޭވި ކަމަށް، ލީކުވި ޕޮލިސް ރިޕޯޓަކުން ހާމަވެފައިވާކަމަށް މީޑީއާތަކުން ބުނެފި އެވެ.

ލަންކާގައި އާދަޔާ ހިލާފަށް މަސްވެރިކަން ދަށްވުމުން ދިރާސާކުރަން ފަށައިފި

އާދަޔާ ހިލާފަށް މަސްވެރިކަން ދަށްވެފައިވާ ކަމުގެ ޝަކުވާ ސްރީ ލަންކާގެ މަސްވެރިން ކުރަމުން އަންނަ އަންނާތީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި މަހުގެ އާބާދީ ހުރި ގޮތް ދެނެގަތުމަށް ސައިންޓިފިކް ދިރާސާއެއްކުރަން އެ ގައުމުގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް އިން ނޭޝަނަލް އެކުއަ…

ފަސިންޖަރުން ބުނަނީ ވައިގެ ތެރޭ ކުއްލިއަކަށް "ވެއްޓުނު" އެއާ އިންޑިއާ ފްލައިޓްގެ ޕައިލެޓް ހުރީ މަސްތުވެފައި ކަމަށް

މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑުގެ ޕުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކުއްލިއަކަށް ވައިގެ ތެރޭގައި ތިރިއަށް ވެއްޓުނު ހާދިސާގައި، ފްލައިޓްގެ ޕައިލެޓް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބައެއް ފަސިންޖަރުން ތުހުމަތުކޮށްފި އެވެ.

Loading fresh headlines…