Live 128,368 stories Updated Jun 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ހިދުމަތް ދެވޭ ވަރަށް ވުރެ ފަރުވާ ބޭނުންވާ މީހުން ގިނަ: ގީލާ

އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް ކުޑަ ޑިޕާޓްމަންޓެއް ކަމަށާއި އެ ތަނުން އެކަށީގެންވާ ހިދުމަތް ދެވޭ ވަރަށް ވުރެ ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ގިނަ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޯލެވެލް 2024ގެ އެވޯޑް ހަފްލާ އަންނަ މަހު

އޯލެވެލް އިމްތިހާނުގެ 2024 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ޕާކިސްތާނު މީހާ 36 ކިލޯ ޑްރަގް އެތެރެކުރީ ކުންފުންޏެއްގެ ނަން "ވަގަށް ބޭނުންކޮށްގެން"

މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި ވާއިރު އެ މުދާ އިމްޕޯޓްކުރި ކަމަށް އޮތް ކުންފުންޏަށް އެކަން ނޭނގޭނެ ކަމަށް މިކަމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ކޯޓުގައި ބުނެފި އެވެ.

ވޯލްޑް ކަޕަށް ފަހު މަޒްރަވީ ކުޅުން ހުއްޓާލަނީ؛ ބޭނުމަކީ ގުރުއާން ހިތުދަސްކުރަން ވަގުތު ހުސްކުރަން

ކުޅުންތެރިޔަކު ރިޓާޔާ ކުރާ އުމުރާ ގާތަށް ވެސް، މޮރޮޖޯގެ ޑިފެންޑަރު ނުސައިރު މަޒްރަވީ އަދި ނުދެ އެވެ. ބޮޑު އަނިޔާއެއް އޭނާ އަށް ކުރިމައްޗެއް ނުވެ އެވެ. އެކަމަކު އުމުރުން 28 އަހަރުގައި އޭނާ ކުޅުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ.

އެކަނިވެރި މައިން 100 ޕަސެންޓު މުސްލިމް ގައުމެއްގައި ތިބެންޖެހޭނެ ކަމަކަށް ނުދެކެން: ރާޝިދާ

އެކަނިވެރި މައިންނަކީ 100 ޕަސެންޓު މުސްލިމް ގައުމެއްގައި ތިބެންޖެހޭ ބައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫގެ ބަޖެޓު އަންނަ މަހުން ފެށިގެން ލިބެމުންދާނެ: މުންދު

ހދ. ހަނިމާދޫގެ ކައުންސިލަށް ސަރުކާރުން އަންނަ މަހު ބަޖެޓު ދޫކުރާނީ އެ އަތޮޅު ހިރިމަރަދު އަށް ކަނޑައަޅާ ބަޖެޓު ހިމަނައިގެން ކަމަށާއި މިހާތަނަށް ނުލިބި ހުރި ފައިސާ ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮޅިގަނޑުގައި ޖެހުނު މެޗުން މޮޅުވެ އެމްބާޕޭ: މެސީ އަބަދުވެސް ގޯލު ޖަހާ، ރެކޯޑާ މެދު ނުވިސްނަން

ފިލަޑެލްފިއާ (ޖޫން 23) - ފީފާ ވޯލްޑް ކަޕްގެ ގޯލު ޖެހުމުގެ ރެކޯޑާ މެދު ނުވިސްނާ ކަމަށާއި ބޭނުމީ ޓީމު މޮޅުށްދޭން ކަމަށް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

Loading fresh headlines…