Live 129,653 stories Updated Aug 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026 ގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026 އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ދައުލަތުގެ މުވައްޒަފުން ލައްވާ އަމިއްލަ ޕެޓްރޯލް ޝެޑެއްގައި މަސައްކަތްކުރުވި ލަންކާގެ ކުރީގެ ވަޒީރަކު ހައްޔަރުކޮށްފި

ރައީސްގެ އިދާރީ ކަންކަމާ ބެހޭ ސީނިއާ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދައުލަތުގެ މުވައްޒަފުން އަމިއްލަ ބޭނުންތަކަށް ނަހަމަ ގޮތުގައި ގެންގުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކާރިޔާވަސަމް މިއަދު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ސިޓީތަކަށް "ދޭން ބުނި"، 11 މިލިއަން ޑޮލަރު ދޭން ފީފާއިން ދެކޮޅު ހަދަނީ؟

މިދިޔަ ވޯލްޑް ކަޕްގެ މެޗުތައް ބޭއްވި އެމެރިކާގެ 11 ސިޓީއަކަށް، 11 މިލިއަން ޑޮލަރު ދިނުމަށް ފީފާއިން އެއްބަސްވެފައިވީ ނަމަވެސް، އެ ފައިސާ ދޭން ދެކޮޅުހަދަމުންދާ ކަމަށް 'ދި އެތުލެޓިކް' ނޫހުން ބުނެފި އެވެ.

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީގެ މަންދޫބަކަށް ތޯރިގް އައްޔަންކުރަން ރުހުންދީފި

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ކަނޑައަޅާ މަންދޫބަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ސަފީރު ތޯރިގު އިބްރާހީމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޕީއެންސީގެ ކައުންސިލަރުން ވެސް ލާމަރުކަޒީ ގާނޫނުގެ އިސްލާހާ ދެކޮޅުހަދަން ނަޝީދު ގޮވާލައްވައިފި

ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖަށް ނުކުންނަން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

Loading fresh headlines…