މާފުށީ ފަރުމައްޗަށް ފުނޑުފުނޑުވި ސަފާރީން އުފެދުނު ކުނިތައް ނަގާތޯ ބަލާނެ: އީއާރުއޭ
މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ކ. މާފުށީ ފަރުމައްޗަށް އަރައި ފުނޑުފުނޑުވި ސަފާރީން އުފެދުނު ކުނިތައް އެ ތަނުން ނަގާތޯ ބަލާނެ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފި އެވެ.