Live 129,655 stories Updated Aug 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތަކެތީގެ އަގު ބޮޑު ކަމަށް ބުނާ ވާހަކަތަކަށް ސައީދު ރައްދު ދެއްވީ ބާޒާރުގެ އަގުތަކުން

ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން މުޒާހަރާ ކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް މިރޭ ރައްދު ދެއްވައިފި އެވެ.

އެއްވެސް ރަށެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ

އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ރަށެއް ނުއަގުގައި ވިއްކުމަށް މަސައްކަތް ނުކުރާ ކަމަށާއި ރަށެއް ވިއްކާލަން އުޅޭކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެފި އެވެ.

27 އަހަރު ކުރިން: ކަޕްވިނާސް ކަޕާ ގުޅިފައިވާ މާޒިޔާގެ އުފާވެރި މާޒީ

ދިވެހި ފުޓްބޯޅައިގައި މާޒިޔާގެ ފިޔަ ފަޅައި އުދުއްސައިގަތްއިރު ކަޕްވިނާސް އޮތީ ކަލަންޑަރުން ފޮހެވިފަ އެވެ. އެހެންކަމުން ގަދަ ބާރެއްގެ ގޮތުގައި އެ މުބާރާތުގައި ފެންވަރު ދައްކާލުމުގެ ފުރުސަތެއް އެ ޓީމަށް މިހާތަނަށް އޮތީ ނުލިބި އެވެ. އެކަމަކު އާދައިގެ ޓީމެއްގެ ގޮތުގައި އޮތްއިރު މާޒިޔާ އިން 1999 ވަނަ އަހ…

ހަމާސްއިން ހަތިޔާރު ބަހައްޓަން އެއްބަސްވި ޕްލޭނާ މެދު އިޒްރޭލު ކަންބޮޑުވެ އެމެރިކާއަށް ޝަކުވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކުރެއްވި، ހަމާސް އިން ހަތިޔާރު ބެހެއްޓުން ހިމެނޭ ޣައްޒާގެ ޕްލޭނާ މެދު އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހޯމަ ދުވަހު ބުނެފި އެވެ.

އެމެރިކާއާ ވާހަކައެއް ނުދައްކަން: އީރާން

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހޯމަ ދުވަހު އާ މަޝްވަރާތަކެއް ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް، އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެ އީރާނުން އެކަން ދޮގުކޮށްފި އެވެ.

Loading fresh headlines…