Live 125,825 stories Updated Mar 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކެމްޕެއިނަށް ފަސްޓްލޭޑީ ސާޖިދާ ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.

ހަނގުރާމައާ ގުޅޭ ގޮތުން އެެމެރިކާގެ މަންދޫބާ ދައްކާނެ ވާހަކައެއް ނޯންނާނެ: ރައީސް

މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅޭ ގޮތުން، ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަަކައެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމިރޭޓްސް، ގަތަރު އަދި އިއްތިހާދުން ލަންކާގެ މައްތަލަ އެއާޕޯޓް ބޭނުންކުރަން ހުށަހަޅައިފި

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރަންޖެހި، ދަތުރުތަކަށް ބުރޫއަރާފައިވާތީ އެ ސަރަހައްދުގެ އެއާލައިންތަކުން ހަބެއްގެ ގޮތުގައި ސްރީ ލަންކާގެ މައްތަލަ އެއާޕޯޓް ބޭނުންކުރުމަށް އެ ގައުމުން ހުށަހެޅުން މިހާތަނަށް ތިން އެއާލައިނަކުން ޝައުގުވެރިކަން ފާޅުކޮށްފައ…

ބޯހިޔާވަހިކަމަށް އެދޭއިރު 400 އަކަފޫޓުގެ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާއަށް ދެވޭ ގޮތް ހަދަނީ

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮންނަ މީހުން، އެ ބައި ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އުސޫލުގައި އޮތް ބައި އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް އޮތީ ފަހު މަރުހަލާގައި: ރައީސް

އަދުލުއިންސާފު ގާއިމްކުރަން މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ތެލުގެ އަގު 25 ޕަސެންޓަށް ބޮޑުކޮށްފި

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ލޮޅުންތަކަށް ތައްޔާރުވުމުގެ ގޮތުން، ސްްރީ ލަންކާއިން ތެލުގެ އަގު އިއްޔެ 25 ޕަސެންޓަށް ބޮޑުކޮށްފި އެވެ. މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.

Loading fresh headlines…