Live 128,371 stories Updated Jun 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރަން ފަށައިފި: ޓްރަމްޕް

އީރާނާ އެކު ގާއިމުކުރަން ނިންމި ސުލްހައިގެ އެއްބަސްވުމަށް ފަހު، ހޮރްމޫޒް ކަނޑުއޮޅިން، އޮމާން ކައިރިން ތެޔޮ ބޯޓުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ފުޓްސަލް އަތޮޅު މުބާރާތް: ކައުންސިލުން އެންޑޯޒް ނުކުރިޔަސް ރަށްރަށުގެ ކްލަބްތަކަށް އަމިއްލައަށް ބައިވެރިވުމުގެ ފުރުސަތު

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި ކައުންސިލުތަކުން ޓީމު ނުނެރޭ ރަށްރަށުގެ ޖަމިއްޔާތަކާއި ކްލަބްތަކުން އަމިއްލަ އަށް ޓީމުތައް ނެރެން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި އެހެންވެ އެފަދަ ރަށްރަށުން ޓީމު ބައިވެރި ކުރަން ފުރުސަތު ދޭން ނިންމާފައިވާކަން އެފްއޭއެމުން އިއުލާން ކޮށްފި އެވެ.

އުރީދޫގެ އަމާޒަކީ ބައިނަލްއަގްވާމީ ހިދުމަތްތަކާއި ފުރުސަތުތައް ގެނެސްދިނުން: ސީއީއޯ

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ލިބޭ ހިދުމަތްތަކާއި ފުރުސަތުތައް ދިވެހިންނާ ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ އާންމު ތަންތަނުން 500 މެޓްރިކް ޓަނުގެ ކުނި އެޗްޑީސީން ނަގައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން ހުޅުމާލޭގެ އާންމު އެކި ތަންތަނުން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 521 މެޓްރިކް ޓަނަށް ވުރެ ގިނަ ކުނި ނަގައިފި އެވެ.

ޕިޗް ފޯ ޕާޕަސް: ދިރާގު މުވައްޒަފުންގެ އިޖުތިމާއީ ރޫހު އާލާކުރަން ޕްލެޓްފޯމެއް

މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި ދިރާގުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، 'ޕިޗް ފޯ ޕާޕަސް'ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

ކުނާވަށި ރިސޯޓުގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގައި އީއައިއޭގެ ގަވާއިދާ ހިލާފުވުމުން 20،000ރ. އިން ޖޫރިމަނާކޮށްފި

ވ. އަތޮޅުގައި އޮންނަ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓްގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގައި އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ގަވާއިދާ ހިލާފުވެފައިވާތީ އެ ރިސޯޓް ހިންގާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވައްކަމާއި ޑްރަގްގެ މައްސަލަތަކާ ގުޅިގެން ބަންދުކުރި ގެއަކަށް ވަން މީހަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރަމުންދިޔަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނިކޮށް، އެ ގެއަށް ވަން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Loading fresh headlines…