Live 125,826 stories Updated Mar 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވޯޓާސް ލިސްޓުގައި އަލުން ސޮއިކުރަން ފަށައިފި

އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން ހުއްޓާލުމަށް ފަހު، އަލުން އެ މަސައްކަތް ފަށައިފި އެވެ.

އަލިފާނުގެ ސަބަބުން 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި 10 ގެޔަކުން މީހުން ހުސްކޮށް 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންތް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ގަތަރުގެ ގޭސް ހަބަށް އީރާންގެ ހަމަލާގައި ބޮޑު ގެއްލުމެއް

އީރާނުން ދިން ދެ ހަމަލާއެއްގައި ގަތަރުގެ މައި ގޭސް މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ ދައުލަތުގެ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފި އެވެ. މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެ މަރުކަޒަށް އިތުރު ހަމަލާއެއް ނުދިނުމަށް އީރާނަށް އިންޒާ…

ހަނިމާދޫގައި ޓޫރިޒަމްގެ ހަރަކާތްތައް އިތުރުވުމާ އެކު، ދެން އޮތީ އުދުއްސައިގަތުން

އުތުރުގެ އަތޮޅުތަކަށް ބަލާއިރު މިއީ އެންމެ ޗާލު މޫދާއި ބީޗު އޮންނަ އެއް ރަށެވެ. ސާފު ވިލުނު ނޫ ކުލައިގެ ރީތި މޫދާއި ހުދު ދޮންވެލިގަނޑާ އެކު ހދ. ހަނިމާދުއަކީ ޓޫރިޒަމްގެ ދޮރުތައް ހުޅުވައި، ކުރިއެރުވޭނެ ރަށެކެވެ. މިއީ ވިއްކޭނެ ޕްރޮޑަކްޓެކެވެ.

ކުރުވާހަކަ: ގެއްލުނު ބުޅާ

މިއީ ހުވަފެނެކޭ މީރާއަށް ހީވީ އެކަން އެންމެ ފުރަތަމަ ހިނގި ރޭގައެވެ. ހޭލެވުމާއި ނިދުމާ ދެމެދު އޮތް ވަގުތުކޮޅެއްގައި އޭނާއަށް އިހުސާސްވީ އެއީ ތެދެއް ނޫން ކަމަށެވެ. ތިން ދުވަސް ވަންދެން މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން އެ ރެއަކީ ފިނި ރެއެކެވެ. މީރާ އޮތީ ބޯ ރަޖާގަނޑެއްގެ ދަށުގައި ބޮނޑިވެލައިގެންނެވެ.…

ޗެމްޕިއަންސް ލީގުގައި ސަލާހާއި ކޭން އަދި ޔަމާލަށް ވެސް ރެކޯޑް ރެއެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންގްލެންޑްގެ ހެރީ ކޭން އާއި މިސްރުގެ މުހައްމަދު ސަލާހު އަދި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް ރޭގެ މެޗުތަކުގައި ގޯލު ޖަހައި ޝަރަފްވެރި ރެކޯޑެއް ހަދައިފި އެވެ.

ވޯލްޑް ކަޕަށް އެމެރިކާގެ ސެކިއުރިޓީ ވަރުގަދަކުރަން 625 މިލިއަން ޑޮލަރު

ޖޫން، ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ހޯސްޓްކުރާ އެމެރިކާގެ ސިޓީތަކުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދޭ ފެޑެރަލް ފަންޑު ދޫކުރަން ނިންމައިފި އެވެ.

ހަކަތައިގެ ސިނާއަތް ފުނޑާލާނެކަމުގެ އިންޒާރާ އެކު ސައޫދީ އާއި ގަތަރަށް އީރާންގެ ވަރުގަދަ ހަމަލާތަކެއް

އިޒްރޭލުން އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ގަލްފު ސަރަހައްދުގެ ތެޔޮ އަދި ގޭސް ކާރުހާނާތަކަށް ބުދަ ދުވަހު ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ކެމިކަލް ގުދަނުގެ އަލިފާނުން މުޅި މާލެއަށް ވިހަ ދުން, ރައްކާތެރިވާން އެދެފި

މާފަންނުގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން މުޅި މާލެއަށް ވިހަ ދުން ފެތުރިފައި ވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިއްޖެ އެވެ.

Loading fresh headlines…