Live 128,306 stories Updated Sep 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވިހެއުމަށް ފަހު ހަށިގަނޑަށް އައި ބަދަލުތަކަށް ފާޑުކީ މީހުންނަށް ބިޕާޝާގެ ރައްދު

ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މީޑިއާތަކާއި ސޯޝަލް މީޑިއާގައި ކުރިމަތިވި ބުލީކުރުމާއި ފާޑުކިޔުންތަކާ ގުޅޭ ގޮތުން ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ ވާހަކަދައްކައިފި އެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ކުޑަކުދިންގެ މަޝްވަރާ ހޯދައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް އެ ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް އާއިލީ ކަންކަމާ ބެހޭ މިނިސްޓްރީން ބާއްވައިފި އެވެ.

ބަދިގެ ސާފުކުރަން އުޅެފިނަމަ ފިރިމީހާ ހިތްހަމަނުޖެހޭ: ޝްރެޔާ

ފިރިމީހާ ޝިލާދިތުޔާ މުކޯޕަދްޔާއަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށާއި އެފަދަ ބައިވެރިއެއް ލިބުމުން އޭނާ ވަރަށް ނަސީބުގަދަ ކަމަށް ގަބޫލުކުރާ ކަމަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝްރެޔާ ގޯޝާލް ބުނެފި އެވެ.

މިވަގުތަށް ވެސް ސްޓިކާ ޖެހުން ނޫން ހައްލެއް އެބައޮތް؟

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރުގެ މައްސަލަތައް އޮތީ "ތޮއްޖެހިފަ" އެވެ. ސަރަހައްދަށް ނުކަތާ ވަރަށް އުޅަނދުތައް ގިނަވެ، މަގުތައް ފުރިބާރުވެ އަދި އެކްސިޑެންޓުތައް ވެސް އިތުރުވެ، ހިނގައިވެބިނގާވެ އުޅުމުގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. މި މައްސަލަތައް ހައްލުކުރަން ހަރުކަށި ގާނޫނުތައް ހެދިޔަސް…

ނޭޕާލުގައި ކިސަޑުން ވަޅުލެވުނު ގެއެއްގެ ތެރެއިން 10 ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާ އެކު މުޅި ސަރަހައްދަށް ފެތުރިގެންދިޔަ ކިސަޑުގެ ތެރޭ އޮތް 64 އަހަރުގެ އަންހެނަކު 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.

ބަރުދަން ލުއިކުރާ އާ ބޭހެއްގެ ފޭކެއް ބްލެކް މާކެޓްގައި އާންމުވެ އެތައް ބަޔަކު ނުރައްކަލަށް

އިންސާނުން ބޭނުންކުރުމަށް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހުއްދަދީފައިނުވާ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ އާ ބޭހެއް ކަމަށްވާ "ރެޓާޓްރޫޓައިޑް" ގެ ފޭކު ބޭސްތަކެއް އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމުވެ، ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުން އެމެރިކާގެ ރައްދު އީރާނުގެ ތެޔޮ ޓޭންކަރުތަކަކަށް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ބޯޓަކަށް ރައްދުގައި އެމެރިކާ ސިފައިން ހަމަލާދީފި އެވެ.

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމުން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ، ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ ވެރިކަން ނިމުނީ އެ މަނިކުފާނުގެ ބޮޑާކަމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީ އަބްދުﷲ މިރޭ ރައްދު ދެއްވައިފި އެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފި: މުންދު

ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އެސްއޯއީތައް ރައިޓް ސައިޒް ކުރަން ފަށައި ތިން މަސް ތެރޭ 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީމާ މެދު އަހްލާގީ އިމުން ބޭރުން މުއަމާލާތް ކުރި ލަންކާ ކޯޗު ވަކިކޮށްފި

ރާއްޖޭގެ ގައުމީ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފި އެވެ.

Loading fresh headlines…