Live 128,372 stories Updated Jun 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޖިންސީ ފުރައްސާރައިގެ ދޮގު ތުހުމަތެއް ކުރި ކަމަށް ޝިލްޕާ އެއްބަސްވުމުން އެންމެންގެ ނުރުހުން

ހިންދީ ޑްރާމާ ސިލްސިލާ "ބާބީޖީ ގަރު ޕަރު ހޭ" އިން މަޝްހޫރުވި ޝިލްޕާ ޝިންޑޭ، މީގެ ނުވަ އަހަރު ކުރިން އެ ޑްރާމާގެ ޕްރޮޑިއުސަރަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކަކީ ދޮގެއް ކަމަށް އެއްބަސްވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެލޭޝިއާ އާއި ސިންގަޕޫރު ދަތުރަށް 1.2 މިލިއަން ރުފިޔާ

އައްޑޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ތަޖުރިބާ ހޯދުމަށް ކުރި ދަތުރުތަކަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

މަސައްކަތު ގަޑިއާ ގުޅޭ ބަހުސްގައި ބޮލީވުޑް ދެބައިވެފައި

ބޮލީވުޑްގެ ފިލްމުތައް އުފެއްދުމުގައި މަސައްކަތްކުރާ ވަގުތުތައް މަދުކޮށް، ދުވާލަކު 8 ގަޑިއިރަށް ޝޫޓިންގެ ވަގުތު ފެއްތުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު އެ އިންޑަސްޓްރީގެ ތަރިންނާއި ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިއްޖެ އެވެ.

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް: ނަޝީދު

ދައުލަތުގެ ދަރަނި އަދާކުރަންވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްނުވާނެ ގޮތެއްގެ މަތިންކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަނބިމީހާގެ ހާއްސަ ހައްގުތަކުގެ ތެރެއިން ހަރަދު ކޮށްދިނުން

އިސްލާމްދީނުގައި ދެމަފިރިންގެ ހައްގުތައް އޮންނަނީ ދެފަރާތުން ބައިވެރިވާ ގޮތަށެވެ. މިގޮތުން ދެފަރާތުން އެކަކުއަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކާއި ފިރިމީހާ އަނބިމީހާ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާއި އަނބިމީހާ ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެ އެވެ. މިއިން ކޮންމެ ހައްގެއް އަދާކުރުމަކީ…

މިފަހަރު ވެސް ހުރިހާ ކަމެއް ޖަހަންވީ ކޯޗު ބޮލަށްތަ؟

ދިވެހި ފުޓްބޯޅަ އޮތީ ބަލި އެނދުގަ އެވެ. އެ ބަލި ފަސޭހަކުރަން އެފްއޭއެމްގެ އާ މެނޭޖްމަންޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާ ދެއްކި ގޮތުން އަދިވެސް ޓީމުގެ ހާލަތު ވަރަށް ގޯހެވެ. އަމިއްލަ ދަނޑުގައި ޕާކިސ…

އިންޑިއާގެ "ކުރަފި ޕާޓީ" ހެދި ޒުވާނާ މުޒާހަރާކުރަން އެނބުރި ގައުމަށް

އިންޑިއާގެ ސިޔާސީ މީހުންނަށް ޒުވާނުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ފާޅުކޮށް ޖެއްސުމުގެ އަމަލެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ފެށި "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ބާނީ، އޭނާގެ މި ހަރަކާތް މަގުމައްޗަށް ނެރެ ފުރަތަމަ މުޒާހަރާކުރަން އެނބުރި ނިއު ދިއްލީއަށް ދަތުރު ފަށައިފި އެވެ.

އީރާންގެ ތެޔޮ އުފުލި އުޅަނދަކަށް އިންޑިއާ ކަނޑުން އެމެރިކާ ސިފައިން އަރައިފި

އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރަކަށް، ރޭގަނޑުގެ ވަގުތެއްގައި އިންޑިއާ ކަނޑުން އެމެރިކާގެ ސިފައިން އަރާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފި އެވެ.

Loading fresh headlines…