Live 129,665 stories Updated Jul 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަނެއްކާވެސް އަމްޖަދު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، މީގެ ކުރިން ވެސް އެ މަގާމު އަދާކުރެއްވި އަދި އެންމެ ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ މިއަދު އައްޔަންކުރައްވައިފި އެވެ.

ހުޅުމާލޭގެ މިސްކިތަކަށް ގެއްލުން ދިނުން: ފުލުހުން ބުނީ ފިޔަވަޅު އަޅާނެ ކަމަށް!

ހުޅުމާލެ 1 ގައި ހުންނަ އަޒީޒާ މިސްކިތަކަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ކޯ ބެންކިން ނިޒާމު 'ފިނަސްޓްރާ' ގެ އެހީގައި ޒަމާނީކުރަނީ

ފައިނޭންޝަލް ހިދުމަތްތަކަށް ހާއްސަ ސޮފްޓްވެއާ ޑިވެލޮޕްކުރުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުނި، "ފިނެސްޓްރާ" ގެ އެހީގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯ ބޭންކިން އޮޕަރޭޝަންތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.

ކުންފުނިތަކުން ފުރަތަމަ ވަކިކުރަންވީ ހިނގަން ތިބި މީހުން: ފައްޔާޒު

ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ފެށުމުގެ ކުރިން، އިންތިހާއަށް މުވައްޒަފުން އިތުރުވި މައްސަލައިގައި އިހުމާލުވާ ކުންފުނިތަކުގެ ވެރިން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ކުރަފި" ޕާޓީގެ ބޮޑު މުޒާހަރާގައި ބޮލީވުޑްގެ ފަންނާނުން ވެސް ބައިވެރިވަނީ

އިމްތިހާނުތަކުގެ މައްސަލަތަކާއި ތައުލީމީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްނަގައިގެން ކުރިއަށް ގެންދާ ބޮޑު މުޒާހަރާގައި ބޮލީވުޑާއި އިންޑިއާގެ ސިނަމާގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ބްރޭންޑް ވަރުގަދަކަން: 78 ޕަސެންޓް ޓޫރިސްޓުން "ޕްލޭން ބީ" އެއް ނެތި ސީދާ ރާއްޖެއަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓުން އިހްތިޔާރުކުރާނެ ހިތްގައިމު ގުދުރަތީ މަންޒިލްތައް ކިތަންމެ ގިނަޔަސް، ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ގިނަ މީހުންގެ މެދުގައި "ޕްލޭން ބީ" އެއް ނެތެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "މޯލްޑިވްސް ވިޒިޓާ ސާވޭ" ގެ ނަތީޖާއިން ދައްކާ ގޮތުގަ…

Loading fresh headlines…