އަބްރާރް ގުރޫޕުން އުމްރާ އަށް ނުގެންދިޔަ މީހުންގެ ތެރެއިން 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ދީފި
އަލް އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.