Live 129,678 stories Updated Jul 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގުޅިފަޅުން ދޭ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: މިނިސްޓަރު

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގުޅިފަޅުން ދީފައިވާ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ގެތައް ގުޑާކަމުގެ ޝަކުވާއާ އެކު މަކުނުދޫ އެއާޕޯޓް ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް މަޑުޖެހިއްޖެ

ހދ. މަކުނުދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ގެތައް ގުޑާކަމުގެ ޝަކުވާ ލިބިގެން މަސައްކަތް މަޑުޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ނާސިހު ލޮރީގެ ދަށުވީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި!

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިއްޔެ ހިނގި އެކްސިޑެންޓުގައި، އުމުރުން 39 އަހަރުގެ މީހާ މަރުވީ، ސިނަމާލެ ބްރިޖުން ފައިބައިގެން އުސްފަސްގަނޑާ ދިމާލަށް ދަތުރުކުރި ބޮޑު ލޮރީ އޯވަޓޭކް ކުރަން އޭނާ އުޅުމުގެ ތެރޭގައި އެ ވެހިކަލްގެ ދަށުވެގެން ކަމަށް ސީސީޓީވީ ފުޓޭޖު ފެނުނު ބައެއް މީހުން ބުނެފި އެވެ.

ފިންލެންޑް ސްކޫލާއި ބިލަބޮންގް ސްކޫލުގައި 2027 އަށް ގްރޭޑް 1 ގެ އެޑްމިޝަނަށް ހުޅުވާލައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ ދިރާސީ އާ އަހަރުގައި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް އެކެއްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާ ކުރިޔަސް ނެރަށް ވަންނަ އުޅަނދުތަކަށް ދައްޗެއް ނުވާނެ: މިނިސްޓަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރި ނަމަވެސް އެ ދިމާލުން ނެރަށް ވަންނަ ކަނޑު އުޅަނދުތަކަށް ދަތި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫ މީހުންނަށް ފްލެޓް އަޅަން ހަނިމާދޫން އެއްބާރުލުމެއް ނުލިބޭ: މިނިސްޓަރު

ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން އެ އަތޮޅު ހަނިމާދޫގައި ހިންގަން ސަރުކާރުން މަސައްކަތް ކުރާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން މިނިސްޓަރު ޖަވާބު ދެއްވީ ހުވަދޫ ބަހުރުވައިން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން މުޅިން ވެސް އައްޑޫ ބަހުރުވައިން މަޖިލީހުގައި ވާހަކަދައްކަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އެ ބަހުރުވައިން ސުވާލު ކުރެއްވުމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން މިއަދު ޖަވާބު ދެއްވައިފި އެ…

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ބަޔޮޕިކް ފިލްމަކަށް "މައިކަލް" ވެއްޖެ

ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކްގެ ރެކޯޑް މުގުރާލައިފި އެވެ.

Loading fresh headlines…