Live 128,374 stories Updated May 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކަނޑު ހޮހަޅައިގެ ތެރޭ އޮތް ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނުން މައްޗަށް މިއަދު ނަގައިފި އެވެ.

"ރެނާޓަސް އިރުމަތި" ގައި ހަދާ ރާއްޖޭގެ ފުރަތަމަ ޑޫޕްލެކްސް އެޕާޓްމަންޓުތައް ބުކް ކުރުމުގެ ފުރުސަތު

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއި ބޭނުންތައް ދެނެގަނެ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "ރެނާޓަސް އިރުމަތި" ގައި ފަރުމާކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޑޫޕްލެކްސް އެޕާޓްމަންޓުތައް ބުކިންއަށް ހުޅުވާލައިފި އެވެ.

ސްކޭމްގެ ތުހުމަތަށް ހައްޔަރު ކުރުމުން ބުނީ އެކައުންޓް އޮންނަނީ ކުއްޔަށް ދީފައި ކަމަށް

ޔޫއެސްޑީޓީ ގަތުމަށް ވާހަކަ ދެއްކުމަށްފަހު މަކަރާއި ހީލަތުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު، އޭނާގެ އެކައުންޓް އޮންނާނީ ކުއްޔަށް ދީފައި ކަމަށް ކޯޓުގައި ބުނެފި އެވެ.

ނަޝީދު ހުށަހެޅި ޑީއާރްޕީގެ ދަރަނީގެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތް

ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދު ދައްކަން ޖެހޭނެ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

އަށް ވަނަ ބުރުގައި ބޭއްވި ވޯޓުން މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައިސަކު ހޮވަން އާ ކައުންސިލަރުންގެ މެމްބަރުންގެ މެދުގައި އަށް ވަނަ ފަހަރަށް ބޭއްވި ވޯޓުގައި އެ ރަށު ކައުންސިލުގެ ނައިބަކަށް އެމްޑީޕީގެ މެމްބަރު ޒައީމާ މުހައްމަދު ރޭ ހޮވިއްޖެ އެވެ.

ޖަލުގައި ތިބި ނޫސްވެރިންގެ ހާލަތާ ގުޅޭ ތަހުގީގެއް އެޗްއާރްސީއެމުން ކުރަނީ

ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލާފައިވާ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

Loading fresh headlines…