Live 125,852 stories Updated Feb 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޣައްޒާގައި އިޒްރޭލުން 12 މީހަކު ޝަހީދުކޮށްލައިފި

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވި ކަމަށް ބުނެ މިއަދު އެކި ވަގުތުތަކުގައި އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި، މަދުވެގެން 12 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ ނަމަ ނިއުކްލިއާ މަޝްވަރާގައި ދޫ ދޭން ތައްޔާރު: އީރާން

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވާ ނަމަ، ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މައްސަލާގައި ދޫ ދޭން ތައްޔާރު ކަމަށް އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިބޫގެ ހިޔާލު: މަޖިލިހުގެ އިންތިހާބު ބާއްވަންވީ ދައުރުގެ މެދުތެރެއިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު މިހާރު އޮންނަ މުއްދަތް ވެސް ގޯސް ކަމަށާއި އެންމެ ރަނގަޅު އެއްގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މަޓީގެ ޗެއާޕާސަނަކަށް ޗަމްޕާ އަފީފު

ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން އިސްވެ އުފައްދާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާޕާސަނަކަށް ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު މިއަދު އައްޔަނުކޮށްފި އެވެ.

Loading fresh headlines…