Live 129,690 stories Updated Jul 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށް ފާސްކުރި އިރު ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ

މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށް، ގެސްޓް ހައުސްއަކާއި އެ ގެސްޓް ހައުސް ހުންނަ ސަރަހައްދު ފާސްކުރި އިރު ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮޕް ސްޓާރު ޓޭލާ ސްވިފްޓް ކައިވެނިކޮށްފި

ޕޮޕް މިއުޒިކްގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީ އިއްޔެ ކައިވެނިކޮށްފި އެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން ޑޮލަރަށް ޑިމާންޑް ދަށްކުރެވޭނެ: ބޭންކްތައް

ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން އިންޑިއާ އާއި ރާއްޖޭގެ ބޭންކްތަކާ އެކު ހަދާ ޕޭމެންޓްތަކުގެ ހަރަދު ކުޑަވެ، ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ބޭންކުތަކުން ބުނެފި އެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިއަން ޑޮލަރު ލިބުނު

މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން އެނގިއްޖެ އެވެ.

ގެއްލުނު ކަމަށް ބުނި ފިރިމީހާ އޮތީ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި

އިންޑިއާގައި އަންހެނަކު އޭނާގެ ފިރިމީހާ ގެއްލިގެން ކަމަށް ބުނެ ރިޕޯޓްކުރިތާ ދެ މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް، އަނބިމީހާ ވަނީ ފިރިމީހާ މަރާލުމަށް ފަހު ފާހާނާގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައިކަން އެނގިއްޖެ އެވެ.

ފައިނޭންޝަލް ފޯރަމުން ފެނުނު ތަސައްވުރު: މި ދަނީ "އިންޒިވިބަލް ޕޭމަންޓް" އަށް

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓަކު، އޭނާ ދާން ނިންމި ރިސޯޓަށް ދިއުމަށް ބޭނުންވާ ސީޕްލޭން ދަތުރާއި ސްޕީޑް ބޯޓު ދަތުރާއި އެކްސްކާޝަންތަކަށް ކުރާ ހޭދައިގެ ޕޭމަންޓްތައް އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް (އޭޕީއައި) އެއް މެދުވެރިކޮށް އެއްފަހަރާ ދައްކާލެވުމަކީ ކިހާ ބޮޑު ފަސޭހައަކަށްވާނެ ހެއްޔެ…

Loading fresh headlines…