Live 125,859 stories Updated Feb 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރާއްޖެ-އީޔޫގެ ޕާޓްނަޝިޕް ޑައިލޮގް، މަހުގެ ޓެރިފާއި ވިސާއަށް ލުއިދޭން މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައި، ރާއްޖޭގެ މަހުގެ ޓެރިފް އާއި ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން މަޝްވަރާކޮށްފި އެވެ.

ގަޑިއަކު 155 މޭލަށް ވައިޖެހުނު ތޫފާނެއްގައި މަޑަކަސްކަރައިގެ ސިޓީއެއް ހަލާކުވެ 20 މީހުން މަރުވެއްޖެ

އާދަޔާ ހިލާފް ގަދަ ވަޔާ އެކު މަޑަކަސްކަރައަށް އެރި ތޫފާނެއްގައި، ދެ ވަނައަށް އެންމެ ބޮޑު ސިޓީގެ 75 ޕަސެންޓް ހަލާކުވެ މަދުވެގެން 20 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ނެޝަނަލް އޮފީސް ފޯ ރިކްސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް (ބީއެންއާރްޖީސީ) މިއަދު ބުނެފި އެވެ.

ޓިކެޓް ރިފަންޑުގެ ގޮތުގައި 16،000 ޑޮލަރު ދައްކަން ބިއޯންޑްގެ މައްޗަށް ހުކުމެއް

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން ކަމަށްވާ "ބިއޯންޑް" އިން އިޓަލީ މީހަކު ނެގުމަށްފަހު ކެންސަލްކުރި ހަ ޓިކެޓަކަށް ރީފަންޑުގެ ގޮތުގައި 16،000 އެމެރިކާ ޑޮލަރު (246،000ރ.) ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެސްއެމްއީ ޑިޖިޓަލް އަށް 4 މަސް: އެސްއެމްއީތަކަށް ބޭނުންވާނެ ހުރިހާ ފައިނޭންސިން ޕްރޮޑަކްޓްތައް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ކުންފުނި އެސްއެމްއީ ޑިޖިޓަލް އަށް ރީބްރޭންޑު ކުރިތާ ހަތަރު މަސް ތެރޭގައި އެސްއެމްއީގެ ހުރިހާ ދާއިރާއަކުން ފައިނޭންސިން ދޫކުރަން މިއަދު ފެށުމަކީ ބޮޑު ކުރިއެރުމެކެވެ.

އިމިގްރޭޝަންގެ ސަހެޝަން ވެސް ކުށަށް އިއުތިރާފު، އިއްވީ ދެ މަހުގެ ހުކުމެއް

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދި މައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު ހަސަން ސަހެޝަން ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ލުއި އަދަބެއް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އާ ދެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދާދިފަހުން އިއުލާންކުރި އާ ދެ ޕްރޮގްރާމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ޓީމަށް އިރުޝާދު ދޭނީ އުރްބާނީ

އަންނަ މަހު ރާއްޖޭޣައި ފަށާ ސާފް 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމަށް އިރުޝާދު ދޭނީ، ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރްބާނީ އެފްއޭއެމުން ބުނެފި އެވެ.

ސަޕޯޓަރުގެ ބޮލެއް ޔުނައިޓެޑަކަށް ނުކޮށުވުނު

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް ރަށުން ވޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް 1-1 އިން އެއްވަރު ވުމުން، ޔުނައިޓެޑް ސަޕޯޓަރުގެ ބޯ ކޮށުވަން ކުރަން ޖެހޭ އިންތިޒާރު ދިގަު ލައިފި އެވެ.

Loading fresh headlines…