Live 129,693 stories Updated Jun 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސިންގަޕޫރުގައި ރެކޯޑް މިންވަރަކަށް ކަރަންޓުގެ އަގު ބޮޑުވެއްޖެ

ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގެ ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ (އިލެކްޓްރިސިޓީ ޓެރިފް) 17 ޕަސެންޓް ބޮޑުވާނެ އެވެ. މީގެ އިތުރުން، ޓައުން ގޭސް ނުވަތަ ކެއްކުމުގެ ބޭނުމަށް ހޮޅިން ގެތަކަށް ފޯރުކޮށްދޭ ގޭހުގެ އަގު ވެސް 7.1 ޕަސެންޓް މައްޗަށް ދާނެ އެވެ.

ފިހާރައެއްގެ ތެރޭގައި މީހަކު މަރާލުން: ކުށް ސާބިތުނުވި ދެ މީހުން ބަންދުކުރަން ޕީޖީން އެދެފި

މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.

ބީއެމްއެލްގެ ކާޑު މުއާމަލާތްތަކުގެ 65 ޕަސެންޓް އީކޮމާސް ވެބްސައިޓްތަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ މުއާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ 65 ޕަސެންޓް ހޭދަކުރަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ގާތިލް އަދުހަމް މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ ކަރަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުވާލިބުނު އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މިހާރު ލަފާކުރަނީ ޓޫރިޒަމް މިދިޔަ އަހަރަށް ވުރެ ދަށްނުވާނެކަމަށް

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގެ ޓޫރިޒަމަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޮޑު ގެއްލުމެއް ވިޔަސް އަހަރު ނިމޭ އިރު، އެ އިންޑަސްޓްރީ މިދިޔަ އަހަރަށް ވުރެ ދަށް ނުވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…