Live 125,859 stories Updated Feb 8, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އަހުލާގީ ތަރުބިއްޔަތުގައި އާއިލާގެ ދައުރު ފުރިހަމަ އަށް އަދާކުރުން

އިންސާނީ މުޖުތަމައުތަކުގައި ހަމަޖެހިގެން އަމާންކަންމަތީ ދިރިއުޅުމަށްޓަކައި ރިވެތި އަހުލާގަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ރިވެތި އަހުލާގު ނެތިއްޖެ ތަނެއްގައި ނުބައި ކަންތައްތައް އާންމުވެ، ހަމަނުޖެހުމާއި ތަޅާފޮޅުންތައް ގިނަވާނެ އެވެ. ފޭރުމާއި ވައްކަމާއި މާރާމާރީ ހިންގުން ފަދަ ނުބައި ޖަރީމާތައް އިތުރ…

ވަތަނީ ހިދުމަތައް ނުހޮވުނު 241 ޒުވާނުންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފި

އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނަށް ނުހޮވުނު ކުދިންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫގެ ސިޓީ އަނބުރާ ގެންނަން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާ ސިޓީގައި ރައީސް މުއިއްޒު ސޮއިކުރައްވައިފި

ކަނޑުގެ އިމުން ފުށު އަރާ ބައިގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެސްފައިވާކަން އަންގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީގައި އެ މަނިކުފާނު މިއަދު ސޮއިކުރައްވައިފި އެވެ.

މަޖިލީހުން އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ ކުރިއެރުން: އަބްދުއްރަހީމް

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް އޮތް ނަމަ އެކަމަށް ހައްލެއް ހޯދައިދިނުން ކަމަށާއި މަޖިލީހުން އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ ކުރިއެރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަ…

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމްސްކޫލިން، ބެލެނިވެރިން ގޭގައި!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމްސްކޫލިން ނުވަތަ ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމާ އެކު، އޯލްވެލް އިމްތިހާނުގައި ބައިވެރިވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފިރިމީހާ/އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އަލުން ހުޅުވާލާނަން: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު ހުޅުވާލާފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ތެރެއިން ފިރިމީހާ/ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭތީ، ދެން ހުޅުވާލާއިރު އެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައް…

Loading fresh headlines…