Live 125,859 stories Updated Feb 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހަނދަށް ވެސް ދެވިދާނެ، އެކަމަކު ނުކުރެވޭ ކަމަކީ ފަލަސްތީން މީހުން މެރުން ހުއްޓުވުން: ގާޑިއޯލާ

ދުނިޔޭގައި މިހާރު ތަރައްގީވެފައިވާ ޓެކްނޮލޮޖީއާ އެކު ހަނދަށް ވެސް ދެވިދާނެ ކަމަށާއި އެކަމަކު ނުކުރެވޭ ކަމަކީ ފަލަސްތީނާއި ޔޫކްރޭނާއި ސޫދާނުގައި މީހުން މެރުން ހުއްޓުވުންކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ހިޔާގެ އެނދި ފާހާނާ ހޮޅިތައް މަރާމާތުކުރަން ތިބޭއިރު ވެސް ބޮލަށް ނަޖިސް ފްލަޝްކުރަނީ

މިދިޔަ ހުކުރު ދުވަހު ހިޔާގެ ފަސް ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ފާހާނާ ހޮޅިތައް މަރާމާތުކުރަމުން ދާއިރު ފާހާނާ ބޭނުން ނުކުރަން އެދިފައި ވިޔަސް ބައެއް އެޕާޓްމަންޓުތަކުން ފާހާނާ ބޭނުންކުރާތީ، މަރާމާތުގެ މަސައްކަތުގައި އުޅޭ މީހުންގެ ގަޔަށް ނަޖިސް އެޅޭ މައްސަލަ ބޮޑުވެއްޖެ އެވެ.

އެންމެ ކަންޏަކުން ހިޔާ އަޅިއަށް ވެދާނެ ކަމުގެ އިންޒާރެއް!

އާބާދީ ތޮއްޖެހިފައި އޮތް ހިޔާ ސަރަހައްދުގައި، އެންމެ އަލިފާން ކަންޏަކުން އެތައް އާއިލާއެއްގެ ދިރިއުޅުން އަނދައި އަޅިއަށް ވެދާނެ އެވެ. މިދިޔަ ހުކުރު ދުވަހުގެ އިރޮއޮއްސުނު ވަގުތު ލިބުނީ އެ ނުރައްކަލުގެ އިންޒާރެވެ. އެ ސަރަހައްދު އޮތީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި ނަމަ، "ކޮންޓްރޯލް" ވާނެ ފަދަ ހާލ…

ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް ނާޅައި އާއްމު ސިއްހަތު ރައްކާތެރިކުރުމަކީ ފޫނެއް ފަޔަށް ފެންފުރުން: ނާޒިމް

އާއްމު ސިއްހަތު ރައްކާތެރިކުރަން ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

30 ފްލެޓަކުން 140 މީހުންނަށް ވަގުތީ އެހީއަށް 3 ލައްކައެއްހާ ރުފިޔާދިން: އެންޑީއެމްއޭ

މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އެޕާޓްމަންޓެއްގެ 140 މީހަކަށް ވަގުތީ އެހީ ފޯރުކޮށްދިން ކަމަށާއި އެކަމަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހޭދަވި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދ…

ރެޖިސްޓްރާ އާއި ފަނޑިޔާރުގެ އިން ފުށުއަރާ ކަމުގެ ސުވާލު

މައްސަލަތައް ބަލައި ޝަރީއަތް ކުރާނީ ފަނޑިޔާރުންނެވެ. އެކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވިއްޔާ ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުމުން ރެޖިސްޓްރާ އެ މައްސަލަ ފަނޑިޔާރުންނާ ހިސާބަށް ނުގެންދަނީ ކީއްވެ ހެއްޔެވެ؟

މި ކުޑަ އާބާދީގައި ރުޅިވެރިކަން އުފައްދައިގެން ލިބޭނެ މަންފާއެއް ނެތް: ނައިބު ރައީސް

މި ކުޑަ އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކުރިއަށް ދިއުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިރޭ އެދިަވޑައިގެންފި އެވެ.

Loading fresh headlines…