Live 129,695 stories Updated Jun 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތުއްތު ކުއްޖަކު މަރާލި މައްސަލާގައި މާމަ އާއި އިތުރު ދެ މީހަކު ޖަލަށް

މީގެ ހަތް އަހަރު ކުރިން، މެދުރާއްޖެތެރޭ ރަށެއްގައި، އުމުރުން 18 ނުފުރޭ ކުއްޖަކު ކައިވެނީގެ ބޭރުން ބަލިވެ އިނދެ ލިބުނު ދަރިފުޅު މަރާލި މައްސަލާގައި ތިން މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކެންގަރޫ ކިޑްސް އާއި ބިލަބޮންގް އިންޓަނޭޝަލްގެ އާ ކެމްޕަހެއް ހުޅުމާލޭގައި އަންނަ އަހަރު ހުޅުވަނީ

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަން ފަށާފައިވާ ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ ކެމްޕަސް މިއަހަރު ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހު އެތަނުގައި ކިޔަވައިދޭން ފަށާނެކަން އިއުލާންކޮށްފި އެވެ.

ޑިޖިޓަލައިޒް ކުރާ ބިލާ އެކު އީވޯޓިންގެ ބަހުސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0 " ސިޔާސަތުގެ ދަށުން ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ގާނޫނީ އޮނިގަނޑެއް ހަދަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި "ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު"ގެ ބޭނުމަކީ އީ-ވޯޓިން އަށް ގޮސް އިންތިހާބުތައް އޮޅުވާލުން ކަމަށް ހަނިމާދޫ ދާއިިރާގެ މެންބަރު އަބްދުލ…

ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. އަތޮޅުގައި ބޭއްވި މަލްޓި-ސްޕެޝަލިޓީ ކޭމްޕަށް ބޮޑު ތަރުހީބެއް

ޓްރީ ޓޮޕް ހޮސްޕިޓަލުން ގަމު ރީޖަނަލް ހޮސްޕިޓަލާއި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބޭއްވި ލ. އަތޮޅުގެ މަލްޓި ސްޕެޝާލިޓީ ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް: ހުރިހާ އޮފީހަކުން ދޭ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކަށް

ދައުލަތުގެ އިދާރާތަކުން ދޭ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، އެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ލާޒިމުކުރާ ގޮތަށް، ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް މިއަދު ފަށައިފި އެވެ.

ބޮޑުތަކުރުފާނު މަގުގެ ބާކީ ބައިގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިމޭނެ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ޖުލައި 26 ގެ ކުރިން ނިމޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

"ލަވް އެންޑް ވޯ"ގެ ސެޓުގައި މަސައްކަތްތެރިއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި ހިނގި ހާދިސާއެއްގައި މަސައްކަތްތެރިއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

އާޝާ ބޯސްލޭގެ ހަނދާނުގައި އޭއާރު ރަހުމާނާ އެކު އޭނާގެ ފަހު ލަވަ

މިދިޔަ އެޕްރީލް މަހު މަރުވި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހަނދާނުގައި އިންޑިއާގެ ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރު އޭއާރު ރަހުމާން ގެނެސްދޭ ހާއްސަ ޓްރިބިއުޓް ލަވައެއްގެ ޓީޒާ ދައްކާލައިފި އެވެ.

Loading fresh headlines…