Live 129,698 stories Updated Jun 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިންޑިއާގެ ބާބްރީ މިސްކިތް ތަޅާލާފައި އެޅި ފައްޅިއަށް ހަދިޔާކުރާ ފައިސާ ގެއްލޭ މައްސަލަ ބަލަނީ

އިންޑިއާގެ އުއްތަރް ޕްރެދޭޝްގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ ޒަމާންވީ ބާބްރީ މިސްކިތް ތަޅާލުމަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ހިންދޫ-ފަސްޓް" ސިޔާސަތުގެ ދަށުން އެޅި ބޮޑު ފައްޅިއަށް މީހުން ހަދިޔާކުރާ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލައެއް ފެންމަތިވެ ތަހުގީގުކުރަން ފަށައިފި އެވެ.

އެމެރިކާއިން އިޒްރޭލަށް: ގައުމީ ސަލާމަތޭ ބުނެ އަބަދު މީހުންނެއް ނުމެރޭނެ!

ގައުމީ ސަލާމަތް ކަށަވަރުކުރަން ކަމަށް ބުނެ އަބަދު "މީހުން މަރަމުން ކުރިއަށް ނުދެވޭނެ" ކަމަށް ވިދާޅުވެ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިޒްރޭލަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ޖޮނަތަން ޑޭވިޑްގެ ހެޓްރިކާ އެކު ކެނެޑާއަށް ތާރީހީ މޮޅެއް

ވެންކޫވާ (ޖޫން 19) ޔުވެންޓަސް އަށް ކުޅެމުން އަންނަ ޖޮނަތަން ޑޭވިޑްގެ ހެޓްރިކަކާ އެކު ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ގަތަރު 6-0 އިން ބަލިކޮށް މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ، ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅު ވެއްޖެ އެވެ.

"މޭން ވާޕަސް އާއުންގާ"ގެ ވިޔަފާރި ރަނގަޅު ވަނީ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ އާ ފިލްމު "މޭން ވާޕަސް އާއުންގާ" ސިނަމާތަކުގައި ދައްކަން ފެށިތާ ހަ ދުވަހު ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 18.73 ކްރޯޑް ރުޕީސް (2.61 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

އެމެރިކާއާ އެކު ހެދި އެއްބަސްވުމަށް ރުހުން ދިނީ އަޅުގަނޑު: މުޖުތަބާ ޚާމަނާއީ

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާ އެކު ހެދި އެއްބަސްވުމާ މެދު "އެހެން ވިސްނުންތަނެއް ހުރި" ނަމަވެސް، އެ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާފައިވާނެ ކަމަށް އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނައީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…