ހިމަންދޫގެ ދުޅަހެޔޮކަމަށް ރާމިޒު ހޯދި ފަރުވާ!
އުމުރުން ވަރަށް ޅަ ކުދިންނެވެ. އެކަމަކު ހުއްޓުމެއް ނެތި އެ ކުދިންގެ ބަރުދަން އިތުރުވަމުން ދިޔަ ގޮތުން ކަމެއް ގޯސް ކަމަށް ހުސެއިން ރާމިޒަށް ގަބޫލުކުރެވުނެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި މި ކުދިންގެ ސިއްހަތަށް، ނޭނގި ނަމަވެސް ދެވެމުން ދިޔަ އެ އަނިޔާތައް ބަލަން އޭނާއަށް އުނދަގޫވި އެވެ.