Live 125,881 stories Updated Jan 25, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރަޔާން: 14 އަހަރުގައި އޭ ލެވެލްގެ ގަދަ 10ގައި

އުފަން ރަށުގައި ދިމާވި ގޮންޖެހުންތަކާއެކު މީގެ އަހަރުތަކެއް ކުރިން އައިޝަތު ޔުމްނާ އަދި ފިރިމީހާ މުހައްމަދު ރިޔާޒު މާލެ ބަދަލުވީ ދޮށީ ދަރިފުޅަށް ފަހި މުސްތަގުބަލެއް ހޯދައިދޭށެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް، އެ އާއިލާއިން މިހާރު ގަބޫލުކުރެ އެވެ.

ކައުންސިލް އިންތިހާބަށް މެނުއަލްކޮށް ވެސް ފޯމު ހުށަހެޅޭނެ ގޮތް ހަދަން އެމްޑީޕީން ގޮވާލައިފި

ލޯކަލް ކައުންސިލާއި އަންހެނުން ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގައި ދަތިތައް ދިމާވާތީ މެނުއަލްކޮށް ވެސް ފޯމު ބަލައިގަންނަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ފެން ގަނޑުވާ ވަރަށް ނުވަރަ އެލިޔާ އަށް ފިނިވެއްޖެ

ސްރީ ލަންކާގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ ނުވަރަ އެލިޔާގައި އާންމުކޮށް ފިނިހޫނުމިން ދަށް ނުވާ ވަރަށް މި ދުވަސްވަރު ދަށަށް ގޮސް ބައެއް ހިސާބުތަކަށް ފޭބި ފިނި ގަނޑުވާ ވަރަށް ފިނިވެއްޖެ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހުން މީހެއްގެ ފޯނު ހިފެހެއްޓުމަށް ހުރަސް އެޅުމުން ހައްޔަރުކޮށްފި

ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ޔޫވީ ރެލިގޭޓް ވެދާނެކަމުގެ ބިރު، ގްރީންއަށް ޕްލޭއޮފްގެ އުއްމީދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގްރީން ސްޓްރީޓްސް ރެލިގޭޝަންގެ ޕްލޭއޮފްގައި ހަމަޖެހިލުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.

ޓްރަމްޕަކީ އެކުވެރިއަކަށްވުރެ ބޮޑަށް ދުޝްމަނެއްގެ ގޮތުގައި ދެކޭ ޔޫރަޕް މީހުން ގިނަ: ދިރާސާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެކުވެރިއަކަށް ވުރެ ބޮޑަށް "ޔޫރަޕްގެ ދުޝްމަނެއް" ގެ ގޮތުގައި ދެކޭ މީހުން ގިނަ ކަމަށް ޔޫރަޕްގެ ހަތް ގައުމެއްގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.

މިއަހަރު ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހެދޭ ގޮތް ހަދަނީ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް އެތަންތަނަށް ލެބޯޓްރީ ޓެކްނީޝަންސް ލެވި، އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރަހައި ކުލަ ޖައްސަން ކުޑަކުދިންނަށް ބޭނުންވާ ތަކެތި ދެ އަހަރު ފަހުން ޣައްޒާއަށް ވެއްދިއްޖެ: ޔުނިސެފް

ނޯޓް ފޮތާއި ކްރޭޔޮން އާއި އާޓް މެޓީރިއަލް ފަދަ، ކުޑަކުދިން މުނިފޫހިފިލުވަން ބޭނުންކުރާ ސާމާނު ދެ އަހަރަށް ފަހު ޣައްޒާއަށް ވެއްދިފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން މިއަދު ބުނެފި އެވެ.

Loading fresh headlines…