Live 125,885 stories Updated Jan 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޓިކްޓޮކުން އާމްދަނީ ލިބޭނެ ގޮތް އަވަސްކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި ޓިކްޓޮކް ހަދާ މީހުންނަށް ޓިކްޓޮކް މޮނިޓައިޒް ކުރުން ނުވަތަ ޓިކްޓޮކުން އާމްދަނީ ލިބޭ ގޮތް ހެދުމުގެ ފުރުސަތު އަވަަހަށް ހޯދައިދިނުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓިކްޓޮކްގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.

ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ އާއިލާތައް ތިބޭ ކޭމްޕް ސިފައިންގެ ބެލުމުގެ ދަށަށް

ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަން އެ ގައުމަށް ދިޔަ އައިއެސްގެ ހަނގުރާމަވެރިންގެ އާއިލާތައް ތިބޭ އަލް ހައުލް ކޭމްޕު ހުންނަ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ފޭބުމުން ސަރުކާރުގެ ސިފައިން ވަދެ އެތަނުގެ ކޮންޓްރޯލް ނަގައިފި ކަމަށް އެތަނަށް ދިޔަ އޭއެފްޕީގެ ނޫސްވެރިން ބުނެފި އެވެ.

އޭލެވެލް ނިންމި ދަރިވަރުންނަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވިލާ ކޮލެޖުން ވަގުތުން ދެނީ

އޭލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް އެ މީހުންގެ ނަތީޖާއަށް ބެލުމަށްފަހު ކޯހަށް ހޮވުނުކަމުގެ ލިޔުން (އޮފާ ލެޓާ) ވަގުތުން ދޫކުރުމާއި އެޕްލިކޭޝަން މަރުހަލާ ފުރިހަމަ ކުރުމަށް އެހީތެރިވެ ދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ވިލާ ކޮލެޖުން ހަމަޖައްސައިފި އެވެ.

ފަލަސްތީނުގައި ހުރި އަންރުވާގެ އިމާރާތްތައް ތަޅާލުން ރާއްޖޭން ކުށްވެރިކޮށްފި

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (އަންރުވާ)ގެ އިމާރާތްތަކެއް ބިމާހަމަކުރަން އިޒްރޭލުން ހިންގާ ޖަރީމާ ރާއްޖޭން ކުށްވެރިކޮށްފި އެވެ.

މިދިޔަ އަހަރު ޕީއެސްއައިޕީ ހާއްސަވީ ގައުމީ ސަލާމަތާއި އިދާރީ ހިންގުމަށް

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކި ދާއިރާތަކުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމެނި އަދަދަށް ހޭދަކޮށްފައިވަނީ، ގައުމީ ސަލާމަތާއި އިދާރީ ހިންގުމުގެ ދާއިރާ ފަދަ މަދު ދާއިރާއަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

Loading fresh headlines…