Live 125,903 stories Updated Jan 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގޭންގެއް ކަމަށް ކަނޑައަޅަން ފުރަތަމަ ފަހަރަށް ޕީޖީން ކޯޓަށް

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި އަދި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ދިރާގުން ދޭ ލޯންޗުގެ ނަސީބުވެރިޔާ ހޮވަން މާދަމާ ބާއްވާ އިވެންޓުގައި ރޮބޯމޭން

ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވަން މާދަމާ ބާއްވާ އިވެންޓުގައި، ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭންގެ ހުށައެޅުންތައް ފެނިގެން ދާނެ އެވެ.

ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގެ ޕްރިސްކްރިޕްޝަނަށް އާސަންދަ ލިބޭ ގޮތަށް ހަމަޖައްސައިފި

އައިނު ހައްދަން ހޮސްޕިޓަލްތަކުން ދޫކުރާ ބޭސް ސިޓީއަށް އެކަނި އާސަންދަ ލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށް ވެސް މިއަދުން ފެށިގެން އާސަންދަ ހަމަޖައްސައިދޭ ގޮތަށް ނިންމައި އެތަންތަނުގެ ލިސްޓް އާއްމުކޮށްފި އެވެ.

"އީ-ފާސް 2.0" މި އަހަރު ނެރެނީ

ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް ކަމަށްވާ "އީ-ފާސް"ގެ ދެވަނަ ވާޝަނެއް މި އަހަރު ނެރެން ނިންމައިފި އެވެ.

ޕްރައިމަރީން ބަލި ވިޔަސް ކާމިޔާބުވާ ކެންޑިޑޭޓުންނާ އެކު ތިބޭތި: ޣަފޫރު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ބަލި ވިޔަސް، ޓިކެޓު ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު އެދިވަޑައިގެންފި އެވެ.

ސަން ސިޔާމް ރިސޯޓުތަކުގެ ސާވިސް ޗާޖް ރުފިޔާއިން

ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ކުންފުނި، މަޝްހޫރު ވިޔަފާރިވެރިޔާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުން ސާވިސް ޗާޖް ރުފިޔާއިން ދޭން ނިންމައިފި އެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ޑޮލަރު ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް 30 ދުވަަހަށް ބަންދުކޮށްފި އެވެ.

ޕާސްޕޯޓް އިންޑެކްސްގައި ރާއްޖޭން ސަރަހައްދުގެ އެއް ވަނަ ދަމަހައްޓައި އެއް ދަރަޖަ ކުރިއަށް

ރާއްޖޭގެ ޕާސްޕޯޓް، ހެންލީ ޕާސްޕޯޓް އިންޑެކްސްގައި އެއް ދަރަޖަ ކުރިއަށް ޖެހިލައި ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ހިމެނިއްޖެ އެވެ.

Loading fresh headlines…