Live 129,706 stories Updated Jun 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ބާއްވަން ކުރިން ކަނޑައެޅި ތާރީހު އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ އެ އަށް ވުރެ އަވަހަށް ކޮންގްރެސް ބާއްވަން އެ ޕާޓީގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

ތިކިތަކެއް ހުރި ވޯޓު ކަރުދާސް ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރުމުން ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުނު މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިގެންފި އެވެ.

ވޯލްޑް ކަޕަށް ގަތަރު ގައުމީ ޓީމުގައި އިންޑިއާ ދަރިކޮޅުގެ ތަހްސީން

ދޯހާ (މެއި 3) - މަގުބޫލް ކޯޗު ހޫލެން ލޮޕެޓެގީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ނެގި ގަތަރުގެ ގައުމީ ޓީމުގެ ސްކޮޑުގައި، އެ ގައުމުގައި ކުޅޭ އިންޑިއާ ނަސްލުގެ ޒުވާން ވިިންގާ ތަހްސީން މުހައްމަދު ޖަމްޝީދު ހިމަނައިފި އެވެ.

ވަކި އިދާރާތަކާއި ކުންފުނިތަކަށް ފްލެޓު، އިންސާފުވެރިކަމެއްތަ؟

އެ ކުންފުންޏެއްގެ ވަޒީފާ އަށް ވަދެ އެންމެ ދުވަހެއް ވާ މުވައްޒަފަށް ވެސް އެ ވަޒީފާގައި ހޭދަކުރި މުއްދަތަށް ބެލުމެއް ނެތި ފްލެޓު ލިބެ އެވެ. އެ މުވައްޒަފަކަށް ފްލެޓު ލިބެނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާތީ ކަމަށް ވިޔަސް އެ ހައިސިއްޔަތު އެންމެ މަހަކުން ގެއްލުނަސް ފްލެޓު ދާއިމީވީ އެވެ. ސިޔާސީ ގޮތުން…

އިންޑިއާ އަންހެނަކު ފާހާނާއެއްގައި ބަންދުކޮށްގެން 10 މަސް ވަންދެން ގެންގުޅެފި، ކާންދިނީ ރޯ ހަނޑުލާއި ފިޔާ

އިންޑިއާގެ ދެހްރާދޫންގައި، ފިރިމީހާގެ އާއިލާއާ އެކު އުޅުނު އަންހެނަކު ފާހާނާއަކާއި ކޮޓަރިއެއްގައި 10 މަސް ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅެ ރަހުމުކުޑަ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެއާބަސް އިން، ހުއްޓުމެއް ނެތި 22 ގަޑިއިރު ދަތުރުކުރެވޭ މަތިންދާބޯޓެއް ޓެސްޓުކޮށްފި

މެދުކެނޑުމެއްނެތި 22 ގަޑިއިރަށްވުރެ ގިނައިރު އުދުހުމުގެ ގާބިލުކަން ލިބިގެންވާ، އެއާބަސް ކުންފުނީގެ "A350-1000ULR" މަރުކާގެ ވައިޑް ބޮޑީ ބޯޓު ފުރަތަމަ ފަހަރަށް ކުރި ޓެސްޓު ދަތުރު ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން އަންގާރަ ދުވަހު ބުނެފި އެވެ.

Loading fresh headlines…