Live 128,398 stories Updated Apr 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިންޑިއާގެ ޕާލަމެންޓަށް އަންހެނުން ގިނަކުރަން ދާއިރާ ގިނަކުރަނީ، އިދިކޮޅުން ބުނަނީ ނިޔަތް ގޯސް ކަމަށް!

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް، މަޖިލީހުގެ މެންބަރުންގެ އަދަދު ފަސް ބައިކުޅަ ދެ ބަޔަށް އިތުރުކުރުމުގެ ޕްލޭނެއް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިއުލާނުކުރުމާ އެކު މިއީ ބާރުތައް މުށުތެރެއަށް ލާން މޯދީ ކުރައްވާ ކަމެއްެ ގޮތުގައި އިދިކޮޅުން ސިފަކޮށްފި އެވެ.

އައިއައިޔޫއެމްގެ އެކްސެލެންސް އެވޯޑް، މިނިސްޓަރު ޝަހީމްގެ ދަރިފުޅު މާހިލް އަށް

މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) ގެ އެކެޑެމިކް އެކްސެލެންސް އެވޯޑް އިސްލާމިކް މިނިސްޓަރު ޑރ. މުއްމަދު ޝަހީމްގެ ދަރިފުޅު އަބްދުالله މާހިލް ޝަހީމަށް ލިބިއްޖެ އެވެ.

އެކިޓީކޭ އަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގައި މި ހަފްތާ ފްރާންސްގެ ޕީއެސްޖީއާ ދެކޮލަށް ކުޅުނު މެޗުގައި އަނިޔާވި ލިވަޕޫލަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓީކޭ އަށް މި އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ހާމަވެއްޖެ އެވެ.

ލަންކާއިން ތެޔޮ ފީފާއަކަށް 286 ޑޮލަރު ވެސް ދެއްކި، ބާޒާރުގެ އަގާއި އަސްލު އަގު ވަރަށް ތަފާތު!

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުރި މިންވަރަށް ވުރެ މާ ބޮޑު އަގުތަކެއް ބައެއް ގައުމުތަކުން ތެލަށް ދައްކަންޖެހޭ ކަމަށާއި ސްރީ ލަންކާއިން ތެޔޮ ފީފާއެއް 286 ޑޮލަރަށް ވެސް ގަނެފި ކަމަށް އެޗްއެސްބީސީން ބުނެފި އެވެ.

އެޑިޑާސްއިން އަންހެން އެތުލީޓުންނަށް ތަފާތުކުރާ މައްސަލަ ފަޅާއަރުވާލުމުން ވަޒީފާއިން ވަކިކޮށްފި

ކުޅިވަރު ސާމާނު އުފައްދާ އެޑިޑާސް ކުންފުނީގެ އަންހެން އެތުލީޓުންނާ މެދު ތަފާތުކުރުން ކުރުން ގެންގުޅޭ މައްސަލަ ފަޅާއަރުވާލީ ކުރިގެ އެގްޒެކެޓިވް މުވައްޒަފަކު ވަޒީފާއިން ވަކި ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކާއި ޖަމިއްޔާ، ޖަމާއަތްތަކުގެ މެންޑޭޓު އަނެއްކާ ވެސް ހޯމް މިނިސްޓްރީ އަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓްރީ ފުރަތަމަ އުފެއްދީއްސުރެ އެ މިނިސްޓްރީގެ ދަށުގައި އޮތުމަށް ފަހު، މި ސަރުކާރުން ޔޫތު މިނިސްޓްރީ އަށް މެންޑޭޓް ބަދަލުކުރި، މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތައް އަނެއްކާ ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ރެއާލްގެ ހުރިހާ މަސައްކަތެއް ފަނުފުލަށް ދިޔައީ ރެފްރީގެ ބޭއިންސާފުކަމުން: އާބެލޮއާ

މިއުނިކް (އޭޕްރީލް 16) - ބެޔާންގެ ދަނޑުގައި 4-3 އިން ބަލިވެގެން، 6-4 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓީ ރެފްރީގެ އިންސާފެއް ނެތް ނިންމުންތަކުކގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު އަލްވަރޯ އާބެލޮއާ ބުނެފި އެވެ.

Loading fresh headlines…