މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެންމެ އިންތިހާބުކޮށްފި އެވެ.
MIHAARU
Live feedރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެންމެ އިންތިހާބުކޮށްފި އެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ކައިރީގައި ބޭއްވި ބުޑިސްޓުންގެ ފެސްޓިވަލެއްގައި ހިލޭ ބަހާ ކާބޯތަކެތި ހޯދަން ކިއޫއެއްގައި ތިބި ބައެއްގެ ތެރެއަށް މަސްތުގެ ހާލަތުގައި ހުރި މީހަކު ލޮރީއެއްގައި ގޮސް ވަދެގަތުމުގެ ސަބަބުން ހަ މީހަކު މަރުވެ، ހަތް މީހަކު ޒަހަމްވެއްޖެ އެވެ.
ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ށ. ގޮއިދޫ މިސްކިތު އިމާމު ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މާލެ ކައިރިން ދެ ލޯންޗެއް ޖެހި މިއަދު ބޮޑު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ބޮޑެތި އަނިތާކެއް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނަން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ދެންމެ ހުށަހަޅައިފި އެވެ.
ކަރުދާސް ނޫޓު ޗާޕުކުރުމާއި ބޭނުންނުކުރެވޭވަރަށް ބާވުމުން އެ ނައްތާލުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުންނާއި، ފައިސާއަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެ ގައުމުގައި ޕޮލިމާ (ޕްލާސްޓިކް) ނޫޓު ތައާރަފުކުރަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނ…
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ކުދިން އެ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކުރާ ގާނޫނާއި ގަވައިދުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން އައި މެޑިކަލް ވެލްފެއާގެ ނުވަތަ ބޭސްފަރުވާގެ އެހީގެ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް މާދަމާއިން ފެށިގެން ބަދަލުކުރަން ނިންމައިފި އެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކުރުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ދިރާގާއި ވަށްމާފުށީގެ ފަރާތުން 3 ނަސީބުވެރިއަކަށް ދޭ ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށްޓަކައި މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށް ސަރުކާރުން ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕެއިނެއް މިއަދު އިއުލާންކޮށްފި އެވެ.
Loading fresh headlines…