Live 128,399 stories Updated Apr 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޕްރޮބޭޝަންގައި ވަޒީފާއިން ވަކިކުރީ ބަލިވެއިނުމުން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބަލަން ޓްރައިބިއުނަލްއަށް އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި ހުރި އަންހެން މުވައްޒަފަކު ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރީ ބަލިވެއިންކަން އެނގުމުން، އޭނާއާ މެދު ތަފާތުކުރުމުގެ ގޮތުން ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ނުބެލުމުން އެ ނިންމުން ހައި ކޯޓުން ބާތިލ…

ހިތަދޫ އުތުރު ދާއިރާ އަށް އިތުރު ދެ މީހެއްގެ ޝައުގުވެރިކަން

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާތީ، އެ ދާއިރާ އަށް ވާދަކުރުމަށް އިތުރު ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ހަނގުރާމައާ ގުޅިގެން އަޅަންވާނީ އިގްތިސާދަށް ގެއްލުން ނުވާނެ ވަގުތީ ފިޔަވަޅު: އައިއެމްއެފް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ލޮޅުމާ ގުޅިގެން ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކަކީ އަމާޒެެއް ނެތް، އިގްތިސާދަށް ގެއްލުންވާނެ ކަންކަމަށް ވެގެން ނުވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވެރިޔާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ހަނދު ކައިރިއަށް ދެވޭނެކަމަށް ވެސް ބަޔަކު ގަބޫލެއް ނުކުރޭ!

އާޓެމިސް 2 މިޝަން ހަނދުގެ ކައިރިން ކުރި ތާރީހީ ދަތުރަކީ ފިލްމު ސްޓޫޑިއޯއެއްގައި ކުޅެފައިވާ މަންޒަރުތަކެއް ކަމަށް ބުނާ ދޮގު ވާހަކަތަކާއި، އޭގައި ތިބި އެސްޓްރޮނޯޓުން ފެންނަ ފޮތޯ އާއި ވީޑިއޯއަކީ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެހި ކަމަށް ބުނާ، އަސްލެއް ނެތް ވާހަކަތައް ވަނީ ސޯޝަލް މީޑިއާ…

ހަތަރު މިލިއަން ރުފިޔާގެ ވައްކަން: އެކަކީ 10 އަހަރަށް ޖަލަށްލި އާސިފް

މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި 10 އަހަރަށް ޖަލަށް ލާން 2022 ގައި ހުކުމް ކޮށްފައިވާ މީހަކު ހިމެނޭކަން އެނގިއްޖެ އެވެ.

ސިޓީން އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަނީ

ލަންޑަން (އޭޕްރީލް 12) - ޗެލްސީގެ ދަނޑުގައި ފަހު ހާފުގައި ޖެހި ގޯލުތަކުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކޮށްފި އެވެ.

މައްސަލަ ހައްލުކޮށް ހުޅުމާލެ 2 ގެ ހުރިހާ ޓަވަރަކަށް ކަރަންޓު ދީފި

ހުޅުމާލެ 2 އަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، މީގެ އިރުކޮޅެއް ކުރިން ހުރިހާ ޓަވަރަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.

Loading fresh headlines…