Live 128,400 stories Updated Apr 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މައްސަލަ ހައްލުކޮށް ހުޅުމާލެ 2 ގެ ހުރިހާ ޓަވަރަކަށް ކަރަންޓު ދީފި

ހުޅުމާލެ 2 އަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، މީގެ އިރުކޮޅެއް ކުރިން ހުރިހާ ޓަވަރަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.

ހުޅުމާލެ 2 އިން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވެގެން، ލޯޑު ބަހާލައިގެން ކަރަންޓު ދޭން މަސައްކަތް ކުރަނީ

ހުޅުމާލޭ 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި ދުޝްމަނުން ޖެހޭނީ މަރުގެ ދަންތުރައެއްގައި: އީރާން

އީރާނުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލް ހޮރްމޫޒް ކަނޑުއޮޅީގައި އެބަ އޮތް ކަމަށާއި "ނުބައި ހިސާބެއް ޖަހައިގެން" ގޯހެއް ހަދައިފި ނަމަ މަރުގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް އީރާންގެ އިންގިލާބީ ލަޝްކަރުން އިންޒާރު ދީފި އެވެ.

އެމެރިކާ ސިފައިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން ޓްރަމްޕު އަމުރުކޮށްފި

ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އެއްބަސްވެފައި ނުވާތީ އެމެރިކާގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އަމުރުކުރައްވައިފި އެވެ.

އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނަގައިފި، ހޯދުނީ ބައި ލައްކަ

މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށާއި މި މައްސަލައިގެ ތަހުގީގެތެރެއިން މިހާތަނަށް ހޯދިފައިވަނީ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދިވެހި ހައްޖާޖީންގެ ހުރިހާ ކަމެއް ހަމަޖެހިއްޖެ, އަންނަ މަހު 15 ގައި ފުރަން ފަށާނެ: މިނިސްޓަރު ޝަހީމް

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު އަންނަ މަހުގެ 15 ގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ލެވޭ ގޮތަށް ބަދަލު ގެންނަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…