Live 128,400 stories Updated Apr 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފުޓްސަލް އަށް އެހީތެރިކަމެއް، އަގުވަޒަންކުރުމެއް ނެތް: ސައްޓު

ފުޓްސަލް އަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ އެހީތެރިކަން ނުދޭތީ ގައުމީ ފުޓްސަލް ޓީމުގެ ވައިސް ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) ވަރަށް ބޮޑަށް މާޔޫސްވެ އެކަން ސޯޝަލް މީޑިއާގައި ފާޅުކޮށްފި އެވެ.

ޓެކްސީގެ ހިދުމަތުގައި ހަމަހަމަކަން ގާއިމްކުރަން ޑްރައިވަރުންގެ ޖަމިއްޔާ އިން ގޮވާލައިފި

ސަރުކާރުގެ ޓެކްސީ ލައިނާއި އަމިއްލަ ފަރާތްތަކުން ދޭ ޓެކްސީ ހިދުމަތާ ދެމެދު ތަފާތުކުރުން ނުގެންގުޅެ ހަމަހަމަކަން ގާއިމް ކުރުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ކަމާ ބެހޭ އިދާރާތަކަށް އިއްޔެ ގޮވާލައިފި އެވެ.

ދެވަނަ ބުރުގެ ވޯޓުލުން ބާއްވަނީ ފަސް ދާއިރާއެއްގައި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ އެއްވަރުވީ ފަސް ދާއިރާއެއްގައި ކަމަށާއި އެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އާޓެޓާ ބުނީ މޫނުމަތީ ބާރަށް ވިހެލައިފި ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ބޯންމައުތު އަތުން 2-1 އިން ބަލިވުމަކީ މޫނުމަތީގައި ވިހެލުން ކަމަށާއި، އާ ހިތްވަރަކާ އެކު ތެދުވަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ނައިބު ރައީސް އެނބުރި ގައުމަށް

ޕާކިސްތާނުގައި އީރާނާ އެކު ކުރި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި، އޭނާ އެނބުރި ވަޑައިގަންނަވަނީ "އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން" ހުށަހެޅުމަށްފަހު ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މިއަދު ވިދާޅުވެއްޖެ އެވެ.

މަދޫބާލާގެ ރޯލަށް ސާރާ އަރުޖުން

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލަށް ސާރާ އަރުޖުން ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަނދު ވަށައި ބުރެއް: ކޮންފަދަ ހިތްގައިމު ދަތުރެއް!

ބައި ގަރުނަށް ވުރެ ވެސް ދުވަސް ފަހުން ހަނދުގެ ވަށައިގެން ކުރި ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފުރިހަމަކުރޮށް، ހަތަރު އެސްޓްރޮނޯޓުން އެނބުރި އައީ އެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މި ބޮޑު ކާމިޔާބީއާ އެކު ތިބީ މި ދަތުރާ ގުޅިފައިވާ އަސްލު މިޝަންއާ މެދު ޔަގީންކަން ބޮޑުވެފަ އެވެ.

ޗާގޯސް ހޯދުމުގެ މަސައްކަތުގައި އެއް ކަމެއް ވެސް ދޫކޮށެއް ނުލާނަން: މޮރިޝަސް

އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ނުކޮށް ދޫކޮށްލާނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ގަޕޯގެ މައްސަލަ ނަގައިފި

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިއަދު އިޔާދަކޮށްފި އެވެ.

Loading fresh headlines…