Live 129,723 stories Updated May 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ނަޝީދުގެ އަރިހުން އާންމު މެންބަރުން މާފަށް އެދޭކަށް ނުޖެހޭ: މީކާއިލް

އެއްވެސް މީހެއްގެ ކިބައިން އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެން ނުޖެހޭ ކަމަށާއި ލީޑަރުން ލީޑަރުންނަށް ވެފައިވަނީ އާންމު މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ޕީޖީ ތެރޭގައި ހިތްނުތަނަވަސްކަމެއް ނެތް: ޝާހިދު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންްޓްރީ ގުރޫޕްގެ ތެރޭގައި އެއްވެސް ހިތްނުތަނަވަސްކަމެއް ނެތް ކަމަށާއި އޮތީ ސަރުކާރާ އެކު ވަރަށް ސާބިތުކޮށް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކެބިނެޓުން ޖާގަ ހޯދަން ނަޝީދު އުޅުއްވި: ޝުޖާއު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ސަރުކާރުގެ ކެބިނެޓުން ޖާގަ ހޯދަން މަސައްކަތްޕުޅު ކުރައްވާފައި ކަމަށާއި އެ މަނިކުފާނަށް ސަރުކާރު ކަމުނުގޮސްގެން އުޅުއްވަނީ އެ ފުރުސަތު ނުދެއްވުމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މި ރީތި ހިނިތުންވުން: ފާތަނިކެ އުމުރުން 105 އަހަރުގައި ނިޔާވެއްޖެ

ރާއްޖޭގައި މިވަގުތު ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭ ހިމެނޭ އަދި އއ. ތޮއްޑޫގެ މުހިއްމު ޝަހުސިއްޔަތެއް ކަމަށްވާ އެ ރަށު ރަވްވިލާގޭ ފާތިމަތު މުހައްމަދު (ކަތީބު ކަލޭފާނުގޭ ފާތާނިކެ) މިއަދު ނިޔާވެއްޖެ އެވެ.

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އަންނަ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

ފަހުގެ ޙަބަރު

ސްޓެލްކޯ އިން ދެންމެ ބުނިގޮތުގައި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި. މާލޭގައި ނުދީ ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ބުނި.

ނަޝީދު މާފަށް އެދިވަޑައިގެންފި، ވިދާޅުވީ އެމްޑީޕީ މެންބަރުން ވެސް މާފަށް އެދެން ޖެހޭ ކަމަށް

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފި އެވެ.

ޑައިވަރުން މަރުވި ހާދިސާއާ ގުޅޭ ރިޕޯޓެއް އާންމުކޮށްފި

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް އާންމުކޮށްފި އެވެ.

ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހުރައަށް

ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑް ވެފައި ތިބި ކުޅުންތެރިން ކުޅުވައިގެން ދ. ކުޑަހުވަދޫ އިއްޔެ ކ. ހުރައާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވީ ކަމަށް އެފްއޭއެމްގެ ކޮމްޕެޓީޝަންސް ކޮމިޓީން ނިންމައިފި އެވެ.

Loading fresh headlines…