Live 129,723 stories Updated May 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުވި މީހާއަށް ދައުވާކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ އެ ކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ދައުވާކޮށްފި އެވެ.

ފޮޑެން އާއި ޕާމާ އަދި މެގުއާ އާއި ޓްރެންޓަށް ވެސް ވޯލްޑް ކަޕުން ފުރުސަތެއް ނުލިބުނު

ލަންޑަން (މެއި 22) - މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާއި ޗެލްސީގެ ކޯލް ޕާމާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި ރެއާލް މެޑްރިޓްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވެސް ނުހިމަނައި، ކުރިއަށް އޮތް ވޯލްޑް ކަޕަށް ދާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ކޯޗު ތޯމަސް ޓުޗެލް އިއުލާން ކޮށްފި އެވެ.

ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަށް ބޭނުންވެދާނެ ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަހުގީގަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕުން ބުނެފި…

އިންޑިއާގެ ޒުވާނުން ސޯޝަލް މީޑިއާގައި ހެދި "ކުރަފި ޕާޓީ" ގެ އެކައުންޓްތައް ސަރުކާރުން ބަންދުކުރަނީ

ވަޒީފާއެއް ނެތި އުޅޭ ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ސިފަކުރެއްވުމުން ޒުވާނުން އައި ރުޅީގައި ސޯޝަލް މީޑިއާގައި ހެދި "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކް ކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށައިފި އެވެ.

ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރަ 33،000ރ. އަށް ކުޑަކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނިންމުމުން އާންމުންގެ ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް އެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

ތައްޔާރީ ކާނާގައި އާންމުކޮށް ހުންނަ ޕްރިޒަވޭޓިވްސް އިން ލޭމައްޗަށް ދިއުމާއި ހަކުރު ބަލީގެ ނުރައްކާ

ފިހާރަތަކުން ގަންނަން ލިބޭ ގިނަ ކާބޯތަކެތީގައި ބެކްޓީރިއާ އާއި ފަންގަސް އުފެދުނު ނުދިނުމަށް އާންމުކޮށް ބޭނުންކޮށްފައި ހުންނަ ޕްރިޒަވޭޓިވްސްގެ ސަބަބުން، ލޭމައްޗަށް ދިއުމުގެ ނުރައްކާ 29 ޕަސެންޓް އިތުރުވާ ކަމަށާއި ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ 16 ޕަސެންޓަށް އިތުރުވާ ކަމަށް ފްރާންސްގައ…

Loading fresh headlines…