Live 128,404 stories Updated Mar 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލާގެ ހުކުމް މާދަމާ އިއްވަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް މާދަމާ އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ކުރާ ދައުވާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހެއްގެ މައްސަލަ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މިސާލު ބަހާ ގުޅިގެން ޝާހިދު މާފަށް އެދިވަޑައިގެންފި، ގޮވާލެއްވީ ބަސްފޮތުން އެފަދަ ބަސްތައް އުނިކުރަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެ ޖަލްސާއެއްގައި ދެއްކެވި ވާހަކާގައި ސަރުކާރު ސިފަކޮށްދިނުމުގެ ބޭނުންކުރެއްވި ދިވެހި ބަހުގެ މަޖާޒީ މިސާލަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރައްސާރަވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން، އެކަމާ ގުޅިގެން ޝާހިދު މާފަށް އެދިވަޑައިގެންފި…

"ފްރީ އެންޑް ފެއާ" އިންތިހާބަކާ އެންމެ ގާތްކުރަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ "ޕްރީ އެންޑް ފެއާ" އިންތިހާބު ބޭއްވޭނެ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުން ޑރ. ޔާސިރު ވަކިކޮށް، އަދީލް އައްޔަންކޮށްފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު އަހުމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަދީލް ނަސީރު އައްޔަންކުރައްވައިފި އެވެ.

ގޯތި ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލަނީ

މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތި ދޫކޮށްލުމަށް ފަހު ފްލެޓަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކާމިޔާބީއަކީ ނަތީޖާއިން އެކަނި މިނެކިރޭނެ އެއްޗެއް ނޫން: އުރްބާނީ

މެޗުތަކުން މޮޅުވުމަކީ ސަޕޯޓަރުން ބޭނުންވާނެ ނަތީޖާ ކަމަށް ވިޔަސް، ކޯޗެއްގެ ހަގީގީ ޒިންމާއަކީ ކުޅުންތެރިންގެ ވިސްނުމާއި ހުނަރު ތަރައްގީކޮށް ކުރިއެރުވުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.

Loading fresh headlines…