Live 128,405 stories Updated Mar 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މުއްތަލިބް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ސަރުކާރުގެ ވަގުތު ބޭކާރުނުވެ ހިދުމަތް ދެވޭނެ ކަމަށް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހެނީ ކަމެއް ނުވެ ސިޔާސީ ހަލަބޮލިކަމުގައި ވަގުތު ބޭކާރުކުރުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

ފަސިންޖަރަކު އިންޑިގޯ ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވަން އުޅެފި، ބުނީ ޖިންނި ކުރުވި ކަމެކޭ

ބެންގަލޫރުން ވަރަނާސީއަށް ދިޔަ އިންޑިގޯ އެއާލައިންސްގެ ފްލައިޓެއް ޖައްސަން އުޅެނިކޮށް ފަސިންޖަރަކު ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އުއްޗުގެ ތާއީދު ވެސް މޫސާ އަލީ ޖަލީލަށް

މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި އެވެ.

މޮރޮކޯއަށް ތަށި ދޭން ބޭނުން ނުވެ ސެނެގާލުން ތައްޓާއެކު ޕެރޭޑެއް

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ޗެމްޕިއަނަކީ މޮރޮކޯކަމަށް އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) އިން ކަނޑައެޅި ނަމަވެސް ސެނެގާލުން ތައްޓާ އެކު އުފާފާޅު ކުރުމުގެ ޕެރޭޑެއް ރޭ ބާއްވައިފި އެވެ.

އާ ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އަންނަނީ މަސައްކަތް ކުރަމުން: ސައީދު

އާންމުކޮށް ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗަށް އިސްކަން ދީގެން އެފަދަ ތަކެތި ފަސޭހައިން ގެނައުމަށް، ކުރިން ވިޔަފާރީގެ ގުޅުންނަށް ބަދަހިވެފައި ނެތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަނގުރާމައާ ހެދި 496 ފްލައިޓް ކެންސަލްވި

އީރާން ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސްޕިއާ ފިޝިން އަށް އަންނަ މަހު ހުއްދަ ދެނީ

ބަޑިޖަހައިގެން ނުވަތަ ސްޕިއާ ޓޫލް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް، އެކަމާ ގުޅޭ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…