Live 128,406 stories Updated Mar 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަންފާކުރަނީ ސިޔާސީންނަށް: އަންޑޭ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާާ ކުރަނީ ސިޔާސީ މީހުންނަށް ކަމަށާއި "ވޯޓު ގަތުމަށާއި" އެހެން ކަންކަމަށް ކުރަންޖެހޭ ހޭދަ އެއީ އެއް ސަބަބު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ލިބުމުން ވައުދާ ހިލާފުނުވުން އެންމެ ކުޑައީ ރައީސް މުއިއްޒު: ގާސިމް

ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުން ކައިރީގައި ދައްކަވާ ވާހަކަތަކާ އެއްގޮތަށް މިހާތަނަށް ވެރިންގެ ފަރާތުން ކަންކަން ނުކުރެވޭ ކަމަށާއި އެކަމަކު އެކަން އެންމެ ކުޑަކޮށް ފެނިވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅު…

ޝާޒް އުރްބާނީ އަށް: އުޒުރު ނުދައްކާ، މި ޓީމަށް އެންމެ ދަށްވެގެން ސެމީ ފައިނަލަށް ދެވެން ޖެހޭނެ

ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާ މެދު ކުރެވޭ އުންމީދުތައް ކުޑަކޮށް، ތައްޔާރުވާނެ މާހައުލެއް ނެތް ކަމަށް ބުނެ މިހާރުގެ ކޯޗު އިސްތަވާން އުރްބާނީ ދެއްކި ވާހަކަތަކަށް، ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ރައްދު ދީފި އެވެ.ނޭޕާލްގައި 2019 ގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް …

ޓޭލާ އާއި ޓްރޭވިސް ތިން ހަފުތާގެ ހަނީމޫނަކަށް އެކި ގައުމުތަކަށް

އަންނަ ޖޫން މަހު ކައިވެނިކުރާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ ތިން ހަފުތާގެ ދިގު ހަނީމޫނަކަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގައުމަށް ހެވާއިލާބަ އޮތީ އިސްލާހުތައް އަވަހަށް ގެނެސްގެން: ގާސިމް

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވަން ފެއްޓެވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސެލިޓު ކުރައްވާ ކަމަށާއި ގައުމަށް ހެވާއިލާބަ އޮތީ އެފަދަ އިސްލާހުތައް ގެނައުން އަވަސް ކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ފުރުސަތުތަކާ އެކު ތަރައްގީވެފައި: މުއްތަލިބު

ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ވިލިމާލެ އޮންނާނީ ފުރުސަތުތަކާ އެކު ތަރައްގީވެފައިވާ ރަށެއްގެ ގޮތުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…